ޚަބަރު

ހަތަރު ފުރޮޅުލީ އުޅަނދުތައް ޕާކު ކުރަން ޖާގަތަކަށް ކުރިމަތި ލުމަށް ހުޅުވައިލާފި

ހަތަރު ފުރޮޅުލީ އުޅަނދު ޕާކު ކުރުމަށް 211 ޖާގައަކަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ މިއަދު މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައެވެ. މި އިއުލާނުގައި ވާގޮތުން މި 211 ޖާގަ ހާއްސަ ކުރެވިފައި ވަނީ 350 ކިލޯގެ ޕިކަޕާއި، ކާރާއި އަދި ވޭން ޕާކުކުރުމަށެވެ.

މި ޖާގަތަށް ދޫކުރުމަށް ހަަޖެހިފައިވަނީ މާލޭގެ އެކި ސަރަހައްދުތަކުންނެވެ. އެގޮތުން 10 ސަރަހައްދަކުން ޖާގަ ދޫކުރުމަށް ވަނީ ނިންމާފައެވެ.

ޖާގަ ދޫކުރުމަށް ނިންމާފައި ވަނީ:

  • މައްޗަންގޯޅި ވައިދެރިހިނގުން. (އަމީނީމަގާއި ކުރެދިގޯޅިއާއި ދެމެދު) – 44 ޖާގަ
  • މައްޗަންގޯޅި ރާދަފަތިހިނގުން. (އަމީނީމަގާއި ފަޅުމަތީމަގާއިދެމެދު) – 21 ޖާގަ
  • މައްޗަންގޯޅި ކުރެދިގޯޅި – 10 ޖާގަ
  • މައްޗަންގޯޅި ހުދުފަޅުހިނގުން – 8 ޖާގަ
  • މާފަންނު ހިލާލީމަގު (އަމީނީމަގުން ފެށިގެން ދެކުނު އިރުމަތީފަޅި) – 20 ޖާގަ
  • މާފަންނު ހިލާލީމަގު (އަމީނީމަގު އިރުމަތީ ފަޅި ނުވަތަ ސްޓޭޑިއަމް ފަޅި) – 10 ޖާގަ
  • ސަލާހުއްދީން ޕާކިން – 10 ޖާގަ
  • ހެންވޭރު އާޓިފިޝަލް ބީޗް ޕާރކިންގ (ޗައިނާ އެމްބަސީ ކުރިމަތީގައި) – 24 ޖާގަ
  • ހެންވޭރު އަލިމަސް ކާނިވާ ސަރަހައްދު – 6 ޖާގަ
  • ހެންވޭރު ސަލްމާން މިސްކިތު ސަރަހައްދު – 58 ޖާގަ

އާރޓިފިޝަލް ބީޗް ޕާރކިން ސަރަހައްދަކީ ހަމަ އެކަނި ޕްރައިވެޓް ކާރު ތަކަށް ހާއްސަކޮށްފައިވާ ސަރަހައްދެކެވެ.

މާލޭގެ މޭޔަރު ކަމާއި ޑރ.މުހައްމަދު މުއިއްޒު ހަވާލުވީ ފަހުން މާލޭގެ އެކި ސަރަހައްދު ތަކުގައި ޕާރކިން ޒޯނުތަށް ހަދަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button