ޚަބަރުސިޔާސީ

ރައީސް ސޯލިހްގެ ޒިންމާދާރުކަން ވަރަށް ކުޑަ: ސައީދު

ސަރުކާރު ކުންފުނިތަކުގެ އިސްވެރިންގެ މުސާރަ ބޮަޑުކުރުމާއި ގުޅިގެން، ޕީއެންސީގެ ނައިބު ރައީސް އަދި މާވަަށު ދާއިރާގެ މަޖިލިސް މެމްބަރ މުހައްމަދު ސައީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފާޑު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހްގެ މިއަމަލު، ރައީސް ސޯލިހް ސިފަކުރައްވާފައިވަނީ ޒިންމާދާރުކަން ކުޑަ ޢަމަލެއްގެ ގޮތުގައެވެ.

ެއެކި ދާއިރާތަކުގެ އެތައް ހާސް މުވައްޒަފުންނެއް މުސާރައިގެ %50 އާއި ހަމަޔަށް ނުލިބި ތިއްބާ، ވެރިންގެ މުސާރަ ބޮަޑުކުރަން މީ ކޮން ވަގުތެއްތޯ ސުވާލުކޮށް، ސައީދުވަނީ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ. އަދި އެއާއިއެކު މުވައްޒަފުންގެ މުސާރަ ކަނޑާފައިވާ ކުންފުނިތަކާއި ރިޒޯޓްތަކަށް ޓެކްސް މާފްކޮށްފައިވާތީ އެކަމާ ވެސް ސައީދު ވަނީ ނުރުހުން ފާޅުކުރައްވާފައެވެ.

ކުންފުނިތަކުގެ ވެރިންގެ މުސާރަ ބޮޑުވެފައިވަނީ ފިނޭންސް މިނިސްޓްރީން ސަރުކާރު ހިއްސާވާ ކުންފުނިތައް ކެޓަގަރައިޒް ކުރުމާއި މެނޭޖިން ޑިރެކްޓަރުންނާއި ޗެއާމަން އަދި ބޯޑު މެންބަރުގެ އިނާޔަތްތައް ފިނޭންސް މިނިސްޓްރީން މުރަޖައާ ކުރުމާ ގުޅިގެންނެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button