މީ މެސީގެ ފަހަރު؟

ދެކުނު އެމެރިކާ ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު މުބާރާތް ކޮޕާ އެމެރިކާގެ ފައިނަލް މެޗް މިރޭ އޮންނާނެއެވެ.
މި މެޗް ކުޅުމަށް ހަމަ ޖެހިފައި ވަނީ އެސްޓާޑިއޯ ޑި މަރަކާނާ ގައެވެ. މިއީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލް މެޗް ކުޅުން ދަނޑެވެ. މި މެޗް ކުޅުމަށް ހަމަ ޖެހިފައިވަނީ ރާއްޖޭ ގަޑިން ފަތިހު 5:00 ގައެވެ.
މި މެޗް ގައި ވާދަކުރަނީ ދުނިޔޭގެ ޗެމްޕިއަންކަން 5 ފަހަރު ހޯދާފައިވާ ބްރެޒިލް އާއި 14 ފަހަރު ކޮޕާ އެމެރިކާ ކާމިޔާބު ކޮށްފައިވާ އާޖެންޓީނާއެވެ.
އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަށް އަދި މި މުބާރާތް ކާމިޔާބު ކުރެވޭ ގޮތް ވަނީ ނުވެފައެވެ. 2 ފައިނަލެއްގައި ޖެހިޖެހިގެން ކުޅެ އާޖެންޓީނާ ވަނީ ބަލިވެފައެވެ. އެހެން ނަމަވެސް ފިނަލް ގައި ކުޅޭ އަނެއް ޓީމް ކަމުގައިވާ ބްރެޒިލް އަކީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުން ކަން ފާހަގަ ކޮށްލެވެއެވެ.
މި މުބާރާތުގައި މެސީ އަންނަނީ ތަފާތު ކުޅުމެއް ދައްކަމުންނެވެ. 4 ގޯލާއި އެކު މިއަހަރުގެ މި މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކީ ވެސް މެސީއެވެ.
މެސީ އާއި އެންމެ ވާދަވެރި ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ވަނީ މި މުބާރާތް މެސީ އަށް ހައްގު ކަމުގައި ބުނެފައެވެ.