ޚަބަރު

އީދު ދުވަހު މާލޭގައި ހިނގާފައި އުޅޭނޭ ގަޑިތައް ކަނޑައެޅުން މިފަހަރު ރައްޔިތުންނަށް

އީދު ދުވަހު މާލޭގައި ހިނގާފައި އުޅޭނެ ގަޑިތައް ކަނޑައެޅުމަށް އާންމުންގެ ހިޔާލު ހޯދުމަށް މާލޭ ސިޓީ ކައުންސިލުން ހުޅުވައިލައިފިއެވެ.

މާލޭ ސިޓީ ކައުންސިލް ގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒުގެ ވައިބާރ ކޮމިއުނިޓީގައި، އާންމުންގެ ހިޔާލު ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފާށާފައެވެ. އެގޮތުން އެ ވައިބާ ކޮމިއުނިޓީގައި ޕޯލް އެއް ވަނީ ހުޅުވައިލާފައެވެ.

މި ޕޯލްގައި 4 ”އޮޕްޝަން“ އެއް ދީފައިވެއެވެ. އެ ގޮތުން އެންމެ ފުރަތަމަ އޮޕްޝަނެއްގެ ގޮތުގައި ދީފައިވަނީ ހަވީރު 4 ފެށިގެން ރޭގަނޑު 10 އާއި ހަމައަށް ހިނގާފައި އުޅެވޭނެ ގޮތް ހެދުމެވެ. އަދި ދެވަނަ އޮޕްޝަނެއް ގެ ގޮތުގައި ދީފައިވަނީ ހަވީރު 4 އިން ރޭގަނޑު 8 އާއި ހަމައަށް ހިނގާފައި އުޅެވޭނެ ގޮތް ހެދުމެވެ. ތިން ވަނަ އޮޕްޝަނެއްގެ ގޮތުގައި ދީފައިވަނި ހަވީރު 4 އިން އިރު އޮއްސި 6 އާއި ހަމައަށް ހިނގާފައި އުޅެވޭ ގޮތް ހެދުމެވެ. އަދި އެންމެ ފަހު އޮޕްޝަނެއްގެ ގޮތުގައި ދީފައިވަނީ މަތީގައިވާ އެއްވެސް ގޮތެއް ބޭނުމެއް ނޫން ކަމުގައެވެ.

ސިޓީ ކައުންސިލުން ހުޅުވާލައިފައިވާ މި ފުރުސަތުގައި ގިނަ ބަޔަކު އަންނަނީ ހިޔާލު ފާޅުކުރަމުންކަން ފާހަގަ ކޮށްލެވެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button