
ރައްޔިތުންގެ މަޖިލީހަށް ހުށައެޅިފައިވާ ނަފްރަތުގެ ބިލަކީ އިސްލާމީ މުޖުތަމައަކަށް އެކަށޭނެ ބިލެއް ނޫންކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.
މިއަދު އިދިކޮލު ކޯލިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މި ބިލުގެ ސަބަބުން އިސްލާމް ދީނަށް ފުރައްސާރަކޮށް، ދީން ނިކަމެތި ކުރުމަށް ހިއްވަރު ލިބިގެންދާނެ ކަމުގައެވެ. އަދި ދިވެހި ގައުުމުގައި އޮތް ހަމަޖެހުން ނެތިގެން ދިއުމުގެ ފުރުސަތު މި ބުލުގެ ސަބަބުން އެބައޮތްކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ. މީގެ އިތުރުން ހަރުކަށި ފިކުރު އިތުރުވަނީ ގާނޫނުތައް ނެތުމުން ނޫން ކަމަށާއި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަށް ތަންފީޒު ނުކުރެވުމުގެ ސަބަބުން ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.
ނޫސް ބަޔާން pic.twitter.com/aeNdIT9Ols
— Progressive Party of Maldives (@ProgressPartyMV) July 8, 2021
އިދިކޮޅުން ބުނެފައިވާގޮތުގައި އެ ކޯލިޝަނުން އަބަދުވެސް ވަކާލާތު ކުރާނި ދިވެހި ގައުމިއްޔާއި ސިޔާދަތުގެ ދިފާއުގައެވެ.
ރައްޔިތުން މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން މަޖިލީހަށް ހުށައަޅުއްވާފައިވާ ނަފްރަތުގެ ބިލާމެދު ގިނަބައެއްގެ ކަންބޮޑުވުންވަނީ ފާޅުކޮށްފައެވެ.