ޚަބަރު
އިގުތިސާދު ކޮޅަށް ޖެހުމަށްފަހު ހުރިހާ ދާއިރާއެއްގެ މުސާރަ ބޮޑުކުރާނަން!: ޑރ.މުއިއްޒު

ދައުލަތުގެ ހުރިހާ ދާއިރާއެއްގެ މުސާރައަށް ވެސް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ.މުއިއްޒު ވިދާޅުވެއްޖެއެވެ.
ފުރަތަމަ ކަމަކަށް ރާއްޖޭގެ އިގުތިސާދު ނަގާ ކޮޅަށް ޖަހާނެކަމަށާއި އެއަށްފަހު ސިވިލް ސާވިސްއާއި ޔުނީފޯމު އެޅި އިދާރާތަކާއި މިނިވަން މުއައްސަސާތައްވެސް ހިމެނޭހެން މުސާރައާއި އިނާޔަތްތަކަށް ހެޔޮ ބަދަލު ގެންނަވާނެ ކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ. އަދި އެކަން ކުރާނީ މަރުހަލާތަކަކަށް ބަހާލައިގެންކަމަށް ވިދާޅުވިއެވެ.
މަރުހަލާތަކަށް ބަހާލައިގެން މުސާރަ ބޮޑުކުރާނެ ގޮތުގެ އިތުރު ތަފްސީލު ފަހުން ދެއްވާނެ ކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.