
ޕީޕީއެމްގެ ރައީސް، ރައީސް ޔާމީން އަބްދުލްގައްޔޫމާއި ވ.ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމުގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމާއި ގަބޫލުކުރުމުގެ ދައުވާގައި ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ ހައިކޯޓު އިސްތިއުނާފު އަޑުއެހުން ކުޑަވަގުތުކޮޅަކަށް މެދު ކަނޑާލައިފިއެވެ.
އަޑު އެހުން ނަމާދު ވަގުތަށް ފަހު އޮންނާނެކަން އިއުލާން ކުރައްވައި ފަނޑިޔާރު މެދުކަނޑާލެއްވިއިރު، ދެން ފަށާނެ ވަކި ގަޑިއެއް ވިދާޅެއް ނުވެއެވެ.
ރައީސް ޔާމީނާއި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ހިމެނޭހެން ވަކީލުން ޓީމު ހައިކޯޓުގައި މިވަގު ތިއްބެވިއިރު، ސަޕޯޓަރުން ގެންދަނީ ޔާމީން މިނިވަން ކުރުމަށް ގޮވާލައި ހައި ކޯޓު ސަރަހައްދުގައި މުޒާހަރާ ކުރަމުންނެވެ.