
ނުހައްގުން ގިނަ ދުވަހު ޖަލުގައި ހުންނަވައިފި ކަމަށާއި، ސިއްހީ ހާލުކޮޅު ގޯސްވެފައިވާކަން ފާހަގަކުރައްވައި 11 އަހަރުގެ ޖަލު ބަންދެއްގައި ހުންނެވި ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް އެމަނިކުފާނު މިއަދު ހައިކޯޓުގައި އެދިވަޑައިގެންފިއެވެ.
ވ.އާރަށުގެ މައްސަލާގައި ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން އެ ހުކުމް ކޮށް 77 މިލިއަން ރުފިޔާއިން ޖޫރިމަނާކުރި މައްސަލައިގެ އިސްތިއުނާފު އަޑުއެހުމުގައި މިއަދު ވަރަށް އަސަރާއެކު ރައީސް ޔާމީން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އުނަގަނޑުގެ ކަސްރަތުތަކާއި، އުމުރުފުޅުން ދުވަސްވީމާ ކުރެއްވުމަށް ޑޮކްޓަރު ލަފާ ދެއްވާފައިވާ ކަސްރަތުތައް ކުރެއްވުމަށް މާފުށީ ޖަލުގައި އޮތް ފުރުސަތު ހަނިކޮށްފައިވާ ކަމުގައެވެ.
”އުނަގަނޑުގެ ތަދާހެދި މޫދަށްދިއުން ވެސް މާފުށި ހިއްކާތީ އޮތީ މަނާވެފަ. އަޅުގަނޑު ހޮސްޕިޓަލަށް ނާންނަނީވެސް އަންނަން ނުޖެހޭތީއެއް ނޫން. އަޅުގަނޑު މިފަހަރު އެޑްމިޓް ނުވެ މިއޮތީ، އަޅުގަނޑުގެ އާއިލާ ތަހައްމަލުކުރާ ހިތްދަތިކަން އަޅުގަނޑަށް އިހުސާސްކުރެވޭތީ. އެތަނަށް އައިސް އޮންނަން ވެއްޖެއްޔާ އާއިލާ ކަންބޮޑުވާތީ.“ އެނޫންނަމަ، ފުރުސަތަކަށް އެދުނީސް.ރައީސް ޔާމީންގެ އުދާސަތައް އެމަނިކުފާނު ބަންޑުންކޮށްލެއްވިއެވެ.
އެއާއެކު އެމަނިކުފާނު ވިދާޅުވީ އެ ދައުވާއަކީ އެމަނިކުފާނުގެ މައްޗަށް ނުހައްގުން އުފުލާފައިވާ ދައުވާއެއް ކަމަށާއި އެކަން ހައިކޯޓުގައި ސާބިތުކޮށް ދެއްވާނެ ކަމުގަައެވެ. ޔާމީންގެ ވާހަކަފުޅު ނިންމަވައިލެއްވީ އެމަނިކުފާނު މިނިވަންވެވަޑައިގެން އެނބުރި ގެއަށް ވަޑައިގަންނަވާނެ ކަމުގެ އުންމީދު ކަނޑުއްވާނުލާނެކަން ހާމަކުރައްވަމުންނެވެ.