ޚަބަރު
ފަރެސްމާތޮޑާ އަލުން ހުޅުވާލައިފި

މާލެ ދަތުރުކުރާ ބޯޓަކުން މީހަކު ކޮވިޑް-19 އަށް ފައްސިވެ މޮނިޓަރިންގެ ހާލަތުގައި އޮތް ގދ.ފަރެސްމާތޮޑާ އާންމު ހާލަތައް ގެނެސްފިއެވެ.
މާލެ ދަތުރު ކުރާ ބޯޓުން ފައްސިވި މީހާގެ އިތުރަށް ރަށު ތެރެއިން ވެސް ގިނަ ބަޔަކު ކޯވިޑް-19 އަށް ފައްސިވެފައިވެއެވެ. އެރަށަށް އަރާ ފޭބުން މަނާކޮށް، މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވަނީ މެއި 31 ވަނަ ދުވަހުއެވެ.
ފަރެސްމާތޮޑާ ހެލްތް ސެންޓަރުން ހާމަކުރިގޮތުގައި މިހާތަނަށް 1،526 ސާމްޕަލް ނެގިފައިވާއިރު، އޭގެ ތެރެއިން 60 މީހުން ކޮވިޑަށް ފައްސިވެ، 1،433 މީހުން ވަނީ ނައްސި ވެފައެވެ.
ފަރެސްމާތޮޑާ އާންމު ހާލަތަށް ގެނެސްފައިވަނީ ބަލި މީހަކު ނުފެންނަތާ 13 ދުވަސް ފަހުންނެވެ.