ޚަބަރު

ފަރެސް މާތޮޑާ އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖައްސަން ތައްޔާރުވެއްޖެ

އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ތަރައްގީ ކުރައްވަން ފެއްޓެވި ގދ. ފަރެސްމާތޮޑާ އެއާޕޯޓަށް ހޯމަ ދުވަހު ޓެސްޓު ފްލައިޓް ޖައްސަން ތައްޔާރުވެއްޖެއެވެ.

މި މަހުގެ 13 ވަނަ ދުވަހު މެންދުރު ފަހު 3:45 ގައި ފަރެސްމާތޮޑާ އެއާޕޯޓަށް ޓެސްޓު ފުލައިޓް ޖައްސަން މިހާރު ވަނީ ފައިނަލް ކުރެވިފައެވެ. އަދި ޓެސްޓު ފްލައިޓްގެ ގޮތުގައި ޖައްސަން ހަމަޖެހިފައި ވަނީ މޯލްޑިވިއަންގެ ފުލައިޓް ނަންބަރު Dash-8 300 އެވެ. މި އެއާޕޯޓް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގައެވެ.

މިމަޝްރޫއުގެ ދަށުން 1200 މީޓަރުގެ ރަންވޭ އެއް އަޅައި، ރަންވޭ ސަބްގްރޭޑު ކުރުމާއި، ސަބްބޭސް މަސައްކަތްކުރުމާއި، ޓާމިނަލެއް އިމާރާތްކުރުމާއި، ފަޔާ ބިލްޑިން އިމާރާތް ކުރުމާއި، ޓެކްސީވޭއަކާއި، އޭޕްރަން ފަޔަ ޕެޑް އަދި ފަޔަ ރޯޑެއް ހަދަންޖެހެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button