ހަނިމާދޫ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނިމިއްޖެ

ހދ.ހަނިމާދޫ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނިމިއްޖެއެވެ.
މިނިސްޓަރ ފޯރ ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމަޕަވާމެންޓް އަހުމަދު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ދަނޑުގެ މަސައްކަތް ނިންމައި، ފެންސު ޖެހުމަށް އެ ރަށު ކައުންސިލާއި ހަވާލު ކުރެވިފައިވާ ކަމަށެވެ.
އެންމެން ފުޓުބޯޅަ ފޯރީގަ ޔޫރޯ ބަލަން ތިއްބާ ހދ. ހަނިމާދޫ ގަައި ރައީސް @ibusolih ގާއިމް ކޮށްދެއްވަން ވައުދުވެވަޑައިގެންނެވި ފުޓުބޯޅަ ދަނޑުގެ މަސައްކަތްވަނީ ނިމިފަ.
ފެންސް ޖެހުމުގެ މަސައްކަތް ކުރިން ވަނީ ކައުންސިލް އާއި ހަވާކުރެވިފަ. ⚽️🇲🇻 pic.twitter.com/28ENqbLjrg
— Ahmed Mahloof (@AhmedMahloof) July 4, 2021
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފުޓްސަލް ދަނޑުތަކެއް ހެދުމުގެ ސަބަބުން ފުޓު ބޯޅަ ދަނޑަށް އޮންނަ ޑިމާންޑު އިތުރުވެގެން ދިޔަކަން ފާހަގަކޮށްލެވެއެވެ.