ޚަބަރުސިޔާސީ

މީދޫގައި 200 ހައުސިން ޔުނިޓް ގާއިމްކޮށްދޭނަން: ރައީސް

ނިލަންދެއަތޮޅު ދެކުނުބުރީ މީދޫގައި 200 ހައުސިންގ ޔުނިޓް އަޅުއްވައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

މީދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މީދޫގައި ހިއްކާފައިވާ ސަރަހައްދުގައި ފެނާއި ނަރުދަމާ އެޅުއްވުމާއިއެކު ގެދޮރުއެޅުމުގެ މަޝްރޫއެއް ކުރިއަށް ގެންދަވާނެކަމުގައެވެ. އަދި އެމަޝްރޫޢުގެ ތެރެއިން އެރަށުގައި 200 ހައުސިންގ ޔުނިޓް އަޅުއްވާނެކަމުގައެވެ.

މީދޫ ބަނދަރު ޒަމާނީ ފެންވަރަށް ހެދުމާއި، ހެލްތްސެންޓަރުގައި ޒަމާނީ ފެންވަރުގެ ހިދުމަތްތައް ދެވޭނެ ވަސީލަތްތައް ގާއިމްކޮށްދެއްވާނެކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ކުޑަކުދިންގެ ޕާކުތައް ހެދުމާއި، ޒުވާނުން ކުޅިވަރުކުޅޭނެ ދަނޑުތައް ގާއިމްކުރުމަކީ އެމަނިކުފާނުގެ މެނިފެސްޓޯގައިވެސް ހިމަނާފައި އޮތް ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައްޔިތުން އަމިއްލައަށް ގޯތި އެޅުމަށް ނުވަތަ ގެދޮރު މަރާމާތުކުރުމަށް ބޭނުންވާ ފައިސާ, ލުއި ލޯން އުސޫލުން ލިބޭނެ ނިޒާމެއް ކަނޑައެޅުމާއި، ހުޅުދެލި, ރިނބުދޫ އަދި ބަނޑިދޫ ރައްޔިތުންގެ ކަންބޮޑުވުންތަކަށްވެސް ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރައްޔިތުން އެދޭ ގޮތަށް ވެރިކަން ކޮށްދެއްވާނެ ކަމުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button