ޚަބަރުވިޔަފާރި

ރޯދަމަހު މެންދަމު 1 ޖަހަންދެން ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހު ފިހާރަތައް ހިމެނޭގޮތަށް، މުދާ ވިއްކާ ހުރިހާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް އިކޮނޮމިކް މިނިސްޓްރީއިން އާންމުކޮށްފިއެވެ.

އެގޮތުން މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން އަދި ރަމަޟާން މަހާއި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:30 އިން ފެށިގެން ދަންވަރު 1:00 އާ ހަމައަށެވެ. އަދި ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންޖެހޭނީ، އެ ދުވަހެއްގެ ހަވީރު 5:30 އިން ދަންވަރު 3:00 އާ ދެމެދު ކަމަށާއި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު އެފަދަ ތަންތަން ހުޅުވާފައި ބަހައްޓަންޖެހޭނީ، އެ ދުވަހެއްގެ ފަތިހު 4:30 އިން ދަންވަރު 3:00 އާ ދެމެދު ކަމަށް އެ މިނިސްޓްރީން ކުރި އެހެން އިއުލާނެއްގައި ވަނީ ބުނެފައެވެ.
އިކޮނޮމިކް މިނިސްޓްރީން ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައިވެސް މުދާ ވިއްކާ ތަންތަނުން އެގޮތަށް އަމަލުކުރުމަށް އަންގާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

އިތުރު ކިޔާލުމަށް
Close
Back to top button