ޚަބަރު

އިންޑިއާއިން ރާއްޖެއަށް އަތްގަދަކުރުން ހުއްޓުވަންޖެހޭ: ޔާމިން ރަޝީދު

ރާއްޖޭގެ މިނިވަންކަމަށް ވަކާލާތުކޮށް އަޑު އުފުލުމަކީ ގައުމީ މަސައްކަތެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔާމިން ރަޝީދު ވިދާޅުވެއްޖެއެވެ.

ޔާމީން މިހެން ވިދާޅުވެފައި މިވަނީ އިންޑިއާއިން ރާއްޖޭގެ ދާހިލީ ކަންކަމަށް އަތްގަދަކުރާ ކަމުގެ އަޑު ގަދަވެފައިވާ ދަނޑިވަޅެއްގައެވެ.

ރާއްޖޭގެ މިނިވަންކަން ގެއްލި، އަޅުވެތިވުމުގެ ކުރިން އިންޑިއާ އިން ރާއްޖެއަށް އަތްގަދަކުރުން ހުއްޓުވަންޖެހޭ، ޔާމީން ރަޝީދް ވިދާޅުވިއެވެ.

އިންޑިއާ ސިފައިން މިހާރުވެސް އަންނަނީ އެގައުމުން ހަދިޔާ ކޮށްފައިވާ ދެ ހެލިކޮޕްޓަރު ދުއްވުމަށްޓަކައި ލ.ގަމުގެ އިތުރުން އައްޑޫ ސިޓީގަވެސް ހަރަކާތްތެރި ވަމުންނެވެ. އަދި ހދ.ހަނިމާދޫގައިވެސް އިންޑިއާއިން ހަދިޔާކުރި ޑޯނިއާ މަތިންދާބޯޓު ދުއްވުމަށްޓަކައި އެގައުމުގެ ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދު އިތުރުވަމުން ދާތީ ގިނަ ބަޔަކު އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button