ފުލުހުން 24 ގަޑިއިރު ފޯރިމަރާ ސަރަޙައްދެއްގައި ހުރި ބީއެމްއެލްގެ އޭޓީއެމް ފަޅާލައިފި

ދިވެހި ފުލުހުންގެ ޚިދުމަތުން 24 ގަޑިއިރު ސެކިޔުރިޓީ ބަލަހައްޓަމުންދާ ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗް ހިމެނޭ ސަރަޙައްދުގައި ހުރި ބޭންކް އޮފް މޯލްޑިވްސް
(ބީއެމްއެލް) ގެ އޭޓީއެމް މެޝިނެއް ފަޅާލައިފިއެވެ.
ބީއެމްއެލްގެ އޭޓީއެމް މެޝިންތަކުގެ ތެރެއިން 1 މެޝިނަށް ގެއްލުންދީފައިވާ މައްސަލަ ރޭ ފަތިހު 05:11 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވެއެވެ.
އެހެންނަމަވެސް މިފަދަ ކަމެއް ހިނގާފައިވަނީ ސެކިޔުރިޓީއަށް އެނގިގެން ކަމެއް ނުވަތަ ނޭނގި ކަމެެއްވެސް މިހާތަނަށް ސާފުވެފައެއްނުވެއެވެ.
މިހާދިސާ އާއި ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އިން ބުނީ އޭޓީއެމް މެޝިންތަކުގެ ތެރެއިން މެޝިނެއް ފަޅާލާ ލިބުނު ގެއްލުމުގެ ސަބަބުން އޭޓީއެމްގެ ޚިދުމަތް މެދުކެނޑިފައި ނުވާ ކަމަށެވެ. އަދި އޭޓީއެމް އަށް ގެއްލުންވެފައިވީ ނަމަވެސް އެއްވެސް ފައިސާއެއް ގެއްލިފައި ނުވަތަ ވަގަށް ގެންގޮސްފައި ނުވާ ކަަމަށެވެ.
މީގެ އިތުރުން އޭޓީއެމްގެ ސެކިއުރިޓީ 24 ގަޑިއިރު ބީއެމްއެލް އިން ބަލަމުންދާއިރު އޭޓީއެމްގެ ޚިދުމަތަކީ ރައްކާތެރި އަދި ރައްޔިތުންގެ ފަސޭހައަށް ޤާއިމްކޮށްފައިވާ ޚިދުމަތެއް ކަމަށް ބީއެމްއެލް އިން ބުންޏެވެ.
އޭޓީއެމްއަށް ގެއްލުންވެފައި ވަނީ ވަރަށް ކުޑަކޮށްކަން ފާހަގަކުރަމުން ބީއެމްއެލް އިން ބުނީ އޭޓީއެމްއަށް ވެފައިވާ ގެއްލުމަކީ ކަސްޓަމަރަކު ގަސްތުގައި ގެއްލުމެއް ދިނުމަށް ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ.
އައިޖީއެމްއެޗްގެ އޯޕީޑީ ފަޅީގައި ބީއެމްއެލްގެ ތިން އޭޓީއެމް މެޝިން ބަހައްޓާފައި ހުންނައިރު 3 މެޝިންގެ ތެރެއިން ގެއްލުން ދީފައިވަނީ މެދުގައި ހުރި އޭޓީއެމްއަށް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މި ހާދިސާއާއި ގުޅޭގޮތުން ފުލުހުންބުނީ އެ މައްސަލަ ފުލުހުންތަޙުޤީޤު ކުރަމުންދާ ކަމަށެވެ.
ކަލޭމެންނައް އިނގޭތަ ފިތުނަ ފަސާދަ އުފެއްދުން ނޫންް ކަމެއްކުރަން..
ޖަލުގަ އޮތް ގައިދީއަކު ވެރިކަމައް ނުގެނެވިގެން ތެޅި، ތެޅި ހަމަ ހުޅުނބު ދިޔުން ނޫން ކަމެއް ނުވާނެ…