ޚަބަރު

ޗާގޯސް މައްސަލައިގައި ޖަވާބުދާރީ ވުމަށް ޝާހިދަށް 14 ދުވަސް

ޗާގޯސް މައްސަލައާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ، ފޮރިން މިނިސްޓަރ އަބްދުالله ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޖަވާބުދާރީވެ ވަޑައިގެންނެވުމަށް ޝާހިދަށް 14 ދުވަހުގެ ނޯޓިސް ދީފިއެވެ.

ޗާގޯސް މައްސަލައިގައި ރާއްޖެއަށް އެންމެ މަސްލަޙަތު ބޮޑުގޮތަށް ޢަމަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާފުޅު އެރުވުމަކީ ފޮރިން މިނިސްޓަރުގެ ޒިންމާއެއް ކަމަށާއި، އެހެންނަމަވެސް މި މައްސަލައިގައި ޝާހިދު އެ ފަދައިން މަސައްކަތްޕުޅު ކުރައްވާފައި ނުވާކަމަށާއި، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބައެއް ގެއްލިގެން ދިއުމުގައި ޝާހިދުގެ އިހުމާލު އޮތްކަމަށް ބުނެ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ 18 ވަނަ ދުވަހު ވަނީ މަޖިލީހަށް ހުށަހަޅުއްވާފައެވެ.

އެކާމާއި ގުޅިގެން މިއަދުގެ ޖަލްސާގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله ވިދާޅުވީ 13 މެމްބަރަކު ސޮޔާއިއެކު، ހުށަހެޅިފައިވާ މިނިސްޓަރު ޝާހިދުގެ އިތުބާރުނެތް މައްސަލައިގައި 14 ދުވަހުގެ ނޯޓިސް މިމަހުގެ 21 ވަނަ ދުވަހު މަޖިލީހުން ފޮނުވާފައިވާކަމަށެވެ.

މި މައްސަލައާ ގުޅިގެން އިދިކޮޅު ފަރާތްތަކާއި ރާއްޖޭގެ ޤާނޫނީ ދާއިރާގެ ގިނަ ފަރާތްތަކުގެ އިތުރުން އާއްމުންވެސް އަންނަނީ ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ފާޑުކިޔަމުންނެވެ. އެގޮތުން ކުރުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙު މޮރީޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވެވި ކަމަށާއި، އިޓްލޮސްގައި މައްސަލަ ކުރިޔަށް ދިޔައިރު، މޮރިޝަސްގެ ވަކީލުން އެ ސިޓީއަށް ހަވާލާދީފައިވާ ކަމާއި، އެމަނިކުފާނު 500 މިލިއަން ޑޮލަރުގެ ރިޝްވަތެއް ނެންގިވަކުމުގެ ތުހުމަތު ކުރެއެވެ. އެހެން ނަމަވެސް އެ ތުހުމަތުތައް ސަރުކާރުން ވަނީ ދޮގުކޮށްފައެވެ.

މި މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙު މޮރީޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިއްރު ސިޓީފުޅު ހޯދުމަށް މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، އެހެން ނަމަވެސް މިހާތަނަށް އެ ސިޓީފުޅު ހާމަކުރައްވާފައި ނުވާތީ ކަނޑުވިއްކާލުމާއި ދެކޮޅު އިއްތިހާދުގެ މަޖިލީސް މެމްބަރުން ގެންދަވަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. އަދި ސަރުކާރުން އެ ސިޓީ ސިއްރުކުރުމަކީ ކަނޑުވިއްކާލީ ސިއްރު ޑީލެއް ހަދައިގެން ކަމަށް ކުރެވޭ ތުހުމަތަށް ބާރުލިބޭކަމެއްކަމަށް އެ އިއްތިހާދުން ފާހަގަކުރެއެވެ.

ފޮރިން މިނިސްޓަރު ޝާހިދުގެ އިތުރުން ބަންޑާރަ ނައިބު އިބްރާހިމް ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފަ އެވެ. އަދި އެ މައްސަލައާއި ގުޅިގެން އޭޖީ ރިފްޢަތަށްވެސް ވަނީ 14 ދުވަހުގެ ނޯޓިސް ދީފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button