ހިންދޫއިންގެ އަޅުކަމާއިއެކު ރާއްޖޭގެ ”ތިމާވެށި“ ބޯޓު އިންޑިއާގައި އިފްތިތާޙް ކޮށްފި

ދިވެހިރާއްޖޭގެ އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ، (އީޕީއޭ) އަށް ބަންނަ، މޮނިޓަރިން އެންޑް ރިސާޗް އުޅަނދު ”ތިމާވެށި“ ހިންދޫއިންގެ އަޅުކަމާއިއެކު އިފްތިތާޙް ކޮށްފި އެވެ.
ހިންދޫއިންގެ ދީނީ އަޅުކަމެއްގެ ގޮތުގައި އޮންނަ ގޮތަކަށް ކާށި ފެޅުމަށްފަހު އިންޑިއާގެ އަޅުކަންތަކުގައި ބޭނުންކުރާ މަލާއި، އިންޑިއާގެ ދިދަތަކުން ޖަރީކޮށްފައިވާ ރާއްޖޭގެ ”ތިމާވެށި“ ބޯޓު އިފްތިތާޙު ކޮށްފައިވަނީ ގޯއާގެ ޗީފްމިނިސްޓަރު ޑރ ޕްރޮމޯދު ސާވަންތެވެ.
ހިންދޫއިންގެ އަޅުކަމެއްގޮތުގައި ކާށި ފެޅުމަށްފަހު އެ މީހުންވަނީ އެ މީހުން ކަލާނގެއެއް ކަމަށްބަލައިގެން އުޅޭ ކަލާނގެ އެއްގެ ނަން ކިޔައި، މަތިވެރި ކުރުމަށް ގޮވާގޮވެލިފަތިވެސް ގޮވާފައެވެ.
ދިވެހި ދައުލަތުގެ ބަޖެޓުން ހަރަދުކޮށް، އީޕީއޭއަށް ބަނދެފައިވާ ރިސާޗް އުޅަނދު އިންޑިއާގެ ކުލަތަކުން ޖަރީކުރެވި، އިންޑިއާގައި އިފްތިތާހުކުރެވިއްޖެ
އިފްތިރާހުކޮށްފައިވަނީ އިންޑިއާގެ ދީނީ އަޅުކަމަކުން.
އިފްތިތާހުކުރަމުން ގޮވާފައިވަނީ "ވިޝްނު ބަޤވާން ކީ ޖޭ" pic.twitter.com/FMCainiJfl
— SHAFRAZ (Voice.mv) 🇲🇻 (@XefroX) May 22, 2023
އީޕީއޭގެ މި މޮނިޓަރިން ރިސާޗް އުޅަނދު ބަނުމުގެ ޕްރޮޖެކްޓްގެ ބިޑް ކާމިޔާބުކޮށް އުޅަނދު ބަނދެފައި ވަނީ އިންޑިއާގެ ގޯއާގެ ވިޖޭ މެރައިން ޝިޕްޔާޑުންނެވެ. މި މަސައްކަތާ ވިޖޭ މެރައިން ހަވާލުވީ 2020 ގައެވެ. މި އުޅަނދަކީ ރާއްޖެއަށް ވޯލްޑް ބޭންކުން ދީފައިވާ 15 މިލިއަން ރުފިޔާގެ އެހީގައި ބަނދެފައިވާ އުޅަނދެކެވެ.
މިކަމާއި ގުޅިގެން އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް މިއަދު ވިދާޅުވީ ”ތިމާވެށި“ ބާލައި ދިދަ އެލުވައިގެން އިންޑިއާ ގޯއާގެ ނޫސްތަކުގައި ޖަހައިގެން އެބަ އުޅޭ،“ ކަމަށާ އީޕީއާއި އޭތި ހަވާލުވާނީ ރާއްޖެ ގެނައުމުން ކަމަށެވެ. އަދި ”ރާއްޖެއަށް ގެންނަވަރަށް އެ އުޅަނދު ނުނިމޭތީ“ އީޕީއޭއަށް ލިބޭނެ ދުވަހެއް ދަންނަވަން ނޭނގޭ ކަމަށްވެސް ވިދާޅުވި އެވެ.
ހިންދޫއިންގެ އަޅުކަމާއެކުރާއްޖޭގެ ”ތިމާވެށި“ ބޯޓު އިފްތިތާޙުކުރި ރަސްމިއްޔާތު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މި ވީޑިއޯއަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒު ވެފައެވެ. އެހެން ނަމަވެސް ރާއްޖޭގެ ރަސްމީ އިދާރާއާކުން މިކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައިނުވާކަން ފާހަގަކޮށްލެވެއެވެ.
މިއޮތީ އަނެއްކާ މިބޯޓު ބަލަހައްޓަން އިންޑިޔާ މީހުން އަރުވަންޖެހިދަތާ. މިބޯޓު ދުއްވާން އެނގޭ ސިވެއްސެއް
ިއުޑު ދަށުގައި ނުހުންނާނެ. މިބޯޓު ބަލަހައްޓާ ދުއްވުމަށް 100 އިންޑިޔާ މީހުން ބޭނުންވާނެ. އަދި ހަތިޔާރުވެސް ސަލާމަތައްޓަކައި ބޭނުންވާނެ. ސަމާލުވޭ