19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ ނަން އިއްވާ މަޖިލީސް ތަޅުމުން ނިކުތުމަށް މަޖިލީހުގެ ރިޔާސަތުން އެންގެވުމުންވެސް ވަޑައިނުގެންނެވުމުން ސެކިއުރިޓީން އޭނާ ނެރެން އުޅުމުން “ މިތަނަށް އައިސްފިއްޔާ ލަޑާނަން“ މިހެން ބުނެ ސެކިއުރިޓީއަށް އިންޒާރު ދީފިއެވެ.
ޗުއްޓީއިން އެނބުރިއައިސް ރައްޔިތުންގެ މަޖިލީހުގެ ދެ ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ މިއަދު ފަށާފައިވާއިރު، އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ބައިބައިވުންތަކާއި މެމްބަރުންގެ މެދުގައި އޮތް ރުޅިވެރިކަމާއެކު މިއަދުގެ ޖަލްސާ ވަނީ ވަރަށް ހޫނުވެފައެވެ.
މަޖިލިސް ބަހުސް ހޫނުވެފައިވަނީ ފެނަކަ ކޯޕަރޭޝަނުން ކުދި ވިޔަފާރިތަކާއި ކުންފުނިތަކަށް ދޭންޖެހޭ ފައިސާދިނުން އަވަސް ކުރުމަށާއި، ފެނަކައިގެ ފައިނޭންސް އަދި މެނޭޖުމަންޓު އޮޑިޓެއް ހެދުމަށާއި ދަރަނި އަދާކުރާނެގޮތުގެ ޕްލޭނެއް އެކުލަވާލުމަށް ގޮވާލާ ހުށައެޅި ޤަރާރަށް ބަހުސްކުރަމުން ދިޔަ ވަގުތުތައެވެ.
ބަހުސް އެންމެބޮޑަށް ހޫނުވީ އެމްޑީޕީއިން ވަކިވެ ވަޑައިގެން ތިއްބެވި މަޖިލިސް ރައީސް ނަޝީދު ފެކްޝަނަށް ނިސްބަތްވާ މެމްބަރުންނަށް އެމްޑީޕީގެ ބަހުސްގެ ވަގުތުގައި ފުރުޞަތު ދިނުމުންނެވެ.
އެމްޑީޕީގެ 2 ފެކްޝަންހެދިފައިވާއިރު އެމްޑީޕީގެ ޕީޖީ ގްރޫޕް ލީޑަރު ޢަލީ އާޒިމްގެ އިތުރުން އިތުރު 12 މެންބަރަކު ވަނީ އެމްޑީޕީން އަމިއްލައަށް އިސްތިއުފާ ދެއްވާފައެވެ.
އެ ޤަރާރަށް އެމްޑީޕީން ވަކިވެވަޑައިގެން އެމްޑިޕީގެ މެމްބަރުން ވާހަކަދައްކަވަން ފެއްޓެވުމާއެކު ސަރުކާރު ފަޅީގެ މެމްބަރުން ފުލުފުލުގައި ނިޒާމީ ނުކުތާތައް ނަގާ އެ މޭރުމުން ވާހަކަ ނުދެއްކޭނެކަމަށް ދިޔައީ ބުނަމުންނެވެ. އަދި އެ މެމްބަރުންނަށް ވަގުތު ދެނީ ކޮން އުސޫލަކުންތޯ ތަކުރާރުކޮށް ރިޔާސަތަށް ދިޔައީ ސުވާލުކުރަމުންނެވެ.
ބަހުސްގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރުދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު ވާހަކަ ދައްކަވަމުން ދިޔައިރު މެމްބަރު ރޮޒައިނާ ގެންދެވީ ހަޅޭއްލަވާ އަޑުގަދަ ކުރައްވަމުންނެވެ. އެކަމާއި ގުޅިގެން ރިޔާސަތުން ވަނީ 3 ފަހަރު ރޮޒައިނާގެ ނަން އިއްވުމަށްފަހު މަޖިލީސް ދޫކުރައްވާ ވަޑައިގަތުމަށް އެދިވަޑައިގަންނަވާފަ އެވެ.
އެހެން ނަމަވެސް ރޮޒައިނާ މަޖިލީސް ދޫކޮށް ވަޑައިގަތުމަށް ދެކޮޅު ހެއްދެވިއެވެ. އަދި ވިދާޅުވަމުން ގެންދިޔައީ އޭނާއަށް ނަން އިއްވާފައިވަނީ ޤަވައިދާއި ޚިލާފަށް ކަމަށެވެ.
ރޮޒޭނާ މަޖިލިސް ތަޅުން ދޫކުރައްވާ ވަޑައިނުގެންނެވުމުން ސެކިއުރިޓީން އޭނާ ނެރެން އުޅުމުން ރޮޒައިނާ ވަނީ ”ލަޑާނަން މިތަނަށް އައިސްފިއްޔާ“ މިހެން ބުނެ ސެކިއުރިޓީއަށް އިންޒާރު ދީފަ އެވެ. އަދި ސެކިއުރިޓީއާ ދިމާލަށް އެއްޗިހި ކިޔައި މަޖިލީހުގައި އޭނާ ވަނީ އަޑުގަދަކޮށްފައެވެ.
Roxeyna threatening to assault someone. pic.twitter.com/pvaDPYg1EV
— Ahmed Azaan (@axanner) May 18, 2023
އެކަމާއި ގުޅިގެން މަޖިލީސް ހޫނުވެ، ރިޔާސަތުން ވަނީ ކުޑަވަގުތުކޮޅަކަށް މަޖިލީސް މެދުކަނޑާލާފަ އެވެ. މަޖިލިސް މެދު ކެނޑުމަށްފަހު އަލުން ފެށިނަމަވެސް އޭގެ ފަހުން ވެސް ރޮޒައިނާ އަޑުގަދަ ކުރެއްވުމުން މަޖިލީހުގެ ޤަވާއިދުގެ ބޭނުމަށް މަޖިލީހުގެ ތަޅުމުގައި ރޮޒައިނާ ނެތް މެމްބަރެއްގެ ގޮތުގައި ކަނޑައަޅުއްވާ ނަޝީދު ވަނީ މަޖިލިސް ކުރިއަށް ގެންދަވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ އެއްވެސް މެމްބަރަކު ގަދަ ބާރުން މަޖިލީހުގެ ތަޅުމުން ބޭރުކުރަން ނުވިސްނަވާ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މެމްބަރު ރޮޒައިނާ އަކީ 19 ވަނަ ރައްޔިތުންގެ މަޖްލީހުގައި ނަން އިއްވައި ރައްޔިތުންގެ މަޖްލީހުގެ ތަޅުމުން ނެރުނު ފުރަތަމަ އެމްޑީޕީ މެމްބަރެވެ.
އެގޮތުން 2019 ވަނަ އަހަރުގެ ނޮވެމްބަރު 14 ވަނަ ދުވަހުގެ ޖަލްސާގައިވެސް ރޮޒައިނާގެ ނަން އިއްވީ މަޖްލީސް ރައީސް ނަޝީދު ދެ ފަހަރެއްގެ މަތިން ނަސޭޙަތް ދެއްވުމަށްފަހުގައެވެ. ދެވަނަ ފަހަރަށް ރައީސް ނަޝީދު ކޯފާ އިސްކުރައްވާ ރޮޒައިނާ އަށް ނަސޭހަތް ދެއްވިއެވެ. އެހެންނަމަވެސް ރޮޒައިނާ މަޖްލީސް ތެރޭގައި އަޑުގަދަ ކުރެއްވުން ހުއްޓައެއް ނުލެއްވިއެވެ. އެންމެ ފަހުން ރައީސް ނަޝީދު ރޮޒައިނާގެ ނަން އިއްވައި މަޖްލީހުން ބޭރުކުރެއްވީއެވެ.
ލަޑާނަން އެހެން ކިޔާ އުޅޭނީމަގުމަތީ އުޅޭއަދަބު އަޚްލާގެއް ނެތްގައްޑާވާން އުޅޭ ޅަވަރުގެ ސޮރުން. ގައުމުގެ މަޖްލިސްމެންބަރުން ލަޑާނަމޭ ބުނީމަ ވަރަށް ޑީ. އަހަރުމެން ކަހަލަ މީހުން ޑީވެލަން އެހެން ކިޔަސް އާއްމުއުސޫލުންވެސް ވާހަކަދައްކާ ބަހުރުވައެއް ނޫން . ދުވަހަކު ވެސް ރުޅިއައިސްގެން ލަޑާނަމެކޭ ނުބުނެވޭ . މަޖަލަށް ޑީވެލުމާ ސީރިއަސް ވެ ޑީވުން ތަފާތު ވާނެ . ނަމޫނާ ދައްކަން ތިބޭމީހުންޑީވުން ހުތުރު . މިއީކީއާއްމު ދެކެފަރިތަ ރައްޓެހިންސަމާސާކުރެވެނީކީއްނޫން . ނުރަސްމީވާން މަޖްލިސް ބޭނުން ހިފާކަށް ނުޖެހޭ .