ޚަބަރުސިޔާސީ

މާލެ ސިޓީ ކައުންސިލަށް ރޮޒައިނާގެ ނުސީދާ ތައުރީފް

ޕީޕީއެމްގެ މެޖޯރިޓީ އޮންނަ މާލެ ސިޓީ ކައުންސިލުގެ މަސައްކަތަށް، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރ، ރޮޒައިނާ އާދަމް ތައުރީފް ކުރައްވައިފިއެވެ. ރޮޒައިނާ ސިިޓީ ކައުންސިލަށް ނުސީދާ ގޮތެއްގައި ތައުރީފްކުރެއްވީ އެކަމަނާ ކުރެއްވި ޓްވީޓެއްގައެވެ.

ރޮޒައިނާ ސިޓީ ކައުންސިލަށް ނުސީދާ ގޮތެއްގައި ތަޢުރީފް ކުރައްވާފައިވަނީ، މާލޭގެ ތަރައްގީއަށް ސަރުކާރާއި ގުޅިިގެން ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަ ކުރައްވަމުންނެވެ.

ރޮޒައިނާ މިކަން އިތުރަށް ސިފަ ކުރައްވަމުން ވިދާޅުވެފައިވާ ގޮތުގައި މިއީ ރާއްޖެއަށް ޕާޓީ ސިސްޓަމް އައި ފަހުން ނުފެންނަ، ޤައުމީ ރޫޙު އާލާވާ ފަދަ މަންޒަރެކެވެ. އަދި ޕީޕީއެމް މެޖޯރިޓީ އޮތް ސިޓީ ކައުންސިލަކާއި ގުޅިގެން މަސައްކަތް ކުރައްވާކަމީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަފާތުކަން ކަމަށް ވިދާޅުވެ އެމަނިކުފާނަށް ވެސް ރޮޒައިނާ ތައުރީފް ކުރައްވާފައި ވެއެވެ.

އަލަށް އިންތިޚާބުވީ މާލޭ ސިޓީ ކައުންސިލަށް ގިނަ ބަޔަކު ދަނީ ތަޢުރީފް ކުރަމުންނެވެ. އައު ސިޓީ ކައުންސިލް ފެނިގެންދަނީ މާލެއަށް ދިމާވެފައިވާ މައްސަަލަތައް ހައްލުކުރުމަށް ހަލުވި ދުވެލީގައި ރައްޔިތުންނާއި ގުޅިގެން މަސައްކަތްކުރާ ކައުންސިލެއްގެ ގޮތުގައެވެ. މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައިވެސް މާލޭގެ އެކި ސަރަހައްދުތަކުގައި މުހިންމު މަސައްކަތްތަކެއް ސިޓީ ކައުންސިލުން އިސްނަގައިގެން ކޮށްފައިވާ ކަން ފާހަގަ ކޮށްލެވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button