ޚަބަރުސިޔާސީ

ބޭނުންކުރާނެ ފައިސާއެއް ރިޒާވްގައި ނެތް: ރައީސް ނަޝީދު

އަސާސީ ކަންކަމަށް ހަރަދު ކުރާނެ ފައިސާއެއް ރާއްޖޭގެ ބޭރުގެ ފައިސާގެ ރިޒާވް ދަށްވުމުގެ ސަބަބުން ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް, އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ބަޖެޓު ކޮމިޓީން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރުމަށް ފަހު އެކުލަވާލާފައިވާ ބަޖެޓު ރިޕޯޓުގެ ބަހުސްގައި މެންބަރަކު ދެއްކެވި ވާހަކަފުޅަކާއި ގުޅިގެން އެމަނިކުފާނު ވިދާޅުވެފައިވަނީ ރިޒާވުގައި ފައިސާ ނެތީސް އެހެން ގޮތަކަށް މެންބަރުން ވާހަކަދެއްކެވުމަކީ އެދެވިގެންވާ ރަނގަޅު ގޮތެއް ނޫންކަމަށެވެ.

މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ރައީސް ނަޝީދު މިފަދައިން ވިދާޅުވުމުން އެމަނިކުފާނަށްވަނީ ރައްދުދެއްވާފައެވެ. މިގޮތުން, މެންބަރު ޝަރީފު ވިދާޅުވެފައިވަނީ ރިޒާވް ރަނގަޅުކުރުމަށް ރައްޔިތުންގެ އަތުން ނަގާ ޓެކުސްތައް ބޮޑުކުރަން ނިންމުމުން އެކަމާ ދެކޮޅަށް ރައީސް ނަޝީދު ވާހަކަދައްކަވާފައިވަނީ ރިޒާވް ރަނގަޅުކުރަން އެދިވަޑައިނުގަންނަވާތީ ކަމަށެވެ.

މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ހިސާބުތަކުން ފެންނަ ގޮތުގައި ފާއިތުވި އޮކްޓޯބަރު މަހުގެ ނިޔަލަށް ރިޒާވްގައި ހުރީ ޖުމްލަ 499.6 މިލިއަން އެމެރިކާ ޑޮލަރެވެ. އަދި މީގެ ތެރެއިން ބޭނުން ކުރެވޭ ގޮތަށް ހުރީ އެންމެ 105 މިލިއަން ޑޮލަރެވެ. މިހެންކަމުން, މިއީ އެންމެ މަސް ދުވަހަށް ބޭނުންވާ ތަކެތި އިމްޕޯޓްކުރެވޭ މިންވަރު ފައިސާއެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button