ދަރުމަވަންތައް ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރުތައް ބޭނުންކުރަން ފަށަައިފި
ދަރުމަވަންތަ ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރުތައް ބޭނުންކުރަން ފަށައިފިއެވެ.
އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ބިނާކުރި ދަރުމަވަންތައް ހޮސްޕިޓަލްގެ ތިއޭޓަރުތައް ބޭނުންކުރަން ފަށާފައިވަނީ އެތަނުގެ މަސައްކަތް ނިންމިތާ ހަތަރު އަހަރު ދުވަސް ފާއިތުވީ ފަހުންނެވެ.
މިގޮތުން, މި ހޮސްޕިޓަލުގައި އާދައިގެ ހަތަރު ތިއޭޓަރާއި ހައިބްރިޑް ތިއޭޓަރެއް ހަދާފައިވެއެވެ. ކޮވިޑުގެ ތެރޭގަައި އިމަޖެންސީ އޮޕަރޭޝަންތައް ކުރުމަށް ދަރުމަވަންތަ ހޮސްޕިޓަލުގެ ދެ ތިއޭޓަރު ބޭނުންކުރަން ފެށިކަަމަށާއި މިހާރު ޝެޑިއުލް އޮޕަރޭޝަންތައްވެސް ކުރަން ފަށާފައިވާކަމަށް އައިޖީއެމްއެޗް ގެ މީޑިއާ އޮޕިޝަލް ވިދާޅުވެފައިވެއެވެ.
ބާކީ ހުރި ދެ ތިއޭޓަރު ބޭނުންކުރަން ފެށުމުން, ހަތަރު ތިއޭޓަރު ފަންކްޝަން ކުރެވުނީ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.