ޚަބަރުސިޔާސީ

ޕީއެސްއެމްގެ މުވައްޒަފެއް ރައީސް ޔާމީނަށް ސަނާ ކިޔާކަމަށް ބުނެ ވަޒީފާ ދަށްކޮށްފި

އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް ޖުމްހޫރީ ދުވަހު ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދިން ޕްރޮގްރާމެއްގައި ސަނާ ކިޔާފައިވާ ކަމަށް ބުނެ އެތަނުގެ މުވައްޒަފެއްގެ ވަޒީފާ ދަށްކޮށްފިއެވެ.

ކުރީގެ ރައީސުން ގައުމަށް ކޮށްދީފައިވާ މަސައްކަތްތައް ފާހަގަކޮށް އެ މައުލޫމާތުތައް ހިމަނައިގެން އެ ދުވަހު ލައިވް އިވެންޓެއްގައި މި ރިޕޯޓް ގެނެސް ދީފައިވެއެވެ. މިގޮތުގެ މަތިން, ރައީސް ޔާމީންގެ ޒައާމަތުގައި ކުރު މުއްދަތެއްގެ ތެރޭގައި މާލެ އާއި ހުޅުމާލެ އަދި ހުޅުލެ ގުޅާލި ބްރިޖްގެ ވާހަކަ ގެނެސްދީފައިވެއެވެ.

މި ރިޕޯޓް ގެނެސްދީފައިވަނީ 2020 ވަނަ އަހަރުގެ ޖުމްހޫރީދުވަހު ޕީއެސްއެމް އިންނެވެ. އެއްވެސް އުނިއިތުރުކަމެއް ނުގެނެސް މިފަހަރުވެސް ހަމަ އެ ރިޕޯޓް ގެނެސްދީފައިވެއެވެ. މި ރިޕޯޓް ގެނެސްދީފައިވާ މުވައްޒަފަކީ މީގެ ކުރިން ޕްރޮޑިއުސަރ މެނޭޖަރެއްގެ މަޤާމުގައި މަސައްކަތްކުރަމުން ދިޔަ މުވައްޒަފެކެވެ.

އެހެންނަމަވެސް, މި ރިޕޯޓަށްފަހު އޭނާގެ މަގާމު ދަށްކޮށް ކޮންޓެންޓް ޑިޕާޓްމަންޓަށް ވަނީ ބަދަލުކޮށްފައެވެ. އަދި މި ރިޕޯޓްވަނީ ފޭސްބުކުންވެސް ޑިލީޓްކޮށްފައެވެ. ނަމަވެސް ޔޫޓިއުބުން އަދި ނުނަގައި އޮތްކަން ފާހަގަކޮށްލެވެއެވެ.

ރައީސް ޔާމީންގެ ދުރު ވިސްނުމާއި ދިވެހި ރާއްޖެއަށް މަދު ދުވަސްކޮޅެއްގެ ތެރޭގައި ގެނެސްދީފައިވާ ތަރައްޤީގެ ވާހަކައަކީ ހަމައެކަނި ދިވެހި ރައްޔިތުންގެ ދުލުން އެމަނިކުފާނަށް ލިބެމުންދާ ތައުރީފެއް ނޫނެވެ, ބައިނަލްއަގްވާމީ ދުނިޔޭގައިވެސް އެމަނިކުފާނު ގެނެސްދީފައިވާ ތަރައްގީގެވާހަކަ ތައް ދައްކާކަން ފާހަގަކުރެވެއެވެ. މިފަދަ އަމަލުތައް ކުރުމަކީ ސަރުކާރަށް އިތުރަށް ފާޑުކިޔުންތައް އަމާޒުވެގެންދާނެ ކަހަލަ ކަންކަން ކަންވެސް ފާހަގަކޮށްލެވެއެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button