ޚަބަރު

240 ބުލެޓު ދިރުވާލައިގެން ރާއްޖެ އެތެރެކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި

ދިރުވާލައިގެން 240 ބުލެޓް މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުނު ދެމީހެއްގެ ހަށިގަނޑުގައި ހުރި ބްލެޓުތައް ނެގެންދެން އެ މީހުން ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މިމައްސަލައިގައި ފުލުހުންގެ ބެލުމުގައި ދަށުގައި ތިބީ ނޮދަން އަޔަލޭންޑަށް ނިސްބަތްވާ ދެ ފިރިހެނުންނެވެ.
ދެ މީހުން ވެސް މިހާރު ތިބީ ހަށިގަނޑުގައި ހުރި ބުލެޓުތައް ނެގުމަށް އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައެވެ.
މި ދެމީހުންކުރެ ކޮންމެ މީހެއްގެ ބަނޑުގައި 120 ބްލެޓް އޮތްކަމަށް ކޯޓުގައި ފުލުހުންވަނީ ބުނެފައެވެ. އެ އެއްޗެހި ނެރުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު މިހާތަނަށް ނެރެވުނީ 25 ބްލެޓެވެ. އެއީ އެކަކުގެ ބަނޑުން 13 ބުލެޓާއި އަނެއް މީހާގެ ބަނޑުން 12 ބްލެޓެވެ.
ފަސްދުވަހަށް އެމީހުން ބަންދުކޮށް ކޯޓުން ދީފައިވާ އަމުރުގައި ވަނީ ބްލެޓްތައްނެރެ ނިމުމުން އެ މީހުން ކޯޓަށް ހާޒިރުކުރަން ފުލުހުންގެ މައްޗަށް އަމުރުކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button