ޚަބަރު

މޫސުން ވަރަށް ގޯސް، ސަމާލުވޭ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މޫސުން ގޯސްވުމާ ގުޅިގެން ހިނގި ކަނޑުމަތީގެ ހަތް ހާދިސާއެއްގެ ރިޕޯޓް ލިބިގެން ހަރަކާތްތެރިވެފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެގޮތުން ”ކުރޫޒަރ 3“ ނަމަކަށް ކިޔާ ދޯންޏެއް ބަންޑުން ޖަހާލައި މީހަކު ގެއްލިގެން އުޅޭކަމުގެ މަޢުލޫމާތު ކޯސްޓްގާޑަށް ރޭ 19:59 ހާއިރު ލިބުމާ ގުޅިގެން ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ހާބަރ ކްރާފްޓް، ޑައިވަރުންނާއެކު ހަރަކާތްތެރިވެފައިވާމަށް އެމްއެންޑީއެފުން ބުނެއެވެ. ނަމަވެސް، އެ ދޯނިން ގެއްލުނު މީހާ 20:20 ހާއިރު ފެނިފައިވާކަމަށާއި އިތުރު އެހީތެރިކަމެއް ބޭނުން ނުވާކަމަށް ރިޕޯޓްކުރުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑު ހާބަރކްރާފްޓް ލޯންޗު ވަނީ އެހެން ހާދިސާއަކަށް އެޓެންޑްވެފައެވެ.

އެމްއެންޑީއެފުން ބުނީ، މޫސުން ގޯސްވެ، ރޭ ހިނގި އިތުރު ހާދިސާއެއްގައި ތުޅާގިރި ކައިރިން މާލެ ދަތުރުކުރަމުންދިޔަ ”ޑެންގޫ ލޯންޗް“ ނަމަކަށް ކިޔާ ލޯންޗެއް ކަނޑުގަނދަވެ ނުދުއްވިގެން ދިޔަވާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް އެމްއާރުސީސީއަށް ރޭ 20:15 ހާއިރު ލިބުނުކަމަށާއި، މި އުޅަނދުގެ ހާލަތު ބެލުމަށް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ހާބަރކްރާފްޓް ވަނީ ޑައިވަރުންނާއެކު އެ ސަރަހައްދަށް ދިޔުމަށް ހަރަކާތެރިވެފައިކަމަށެވެ. އަދި ފަހުން އެ ލޯންޗުގެ ދިޔަވުން ކޮންޓްރޯލްކުރެވި، އެ ސަރަހައްދުގައި ހަދަމުންދާ ”ލޯބިގިލި“ ރިސޯޓުގެ ބަނދަރަށް ވަދެފައިވާ ކަމަށް އުޅަނދުގެ ކެޕްޓަން ވަނީ އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިކަމަށެވެ.

ރޭ ކޯސްޓްގާޑަށާ ރިޕޯޓް ކުރި އަނެއް ހާދިސާއަކީ، ކ.ގިރާވަރު ކައިރިން ދަތުރުކުރަމުންދިޔަ 22 ފޫޓްގެ ”ލޮނު ޓެއިލްސް“ ނަމަކަށް ކިޔާ ލޯންޗެއް ބަންޑުންޖަހާލި ހާދިސާއެވެ. މި ހާދިސާގެ ރިޕޯޓް ރޭ 20:40 ހާއިރު ލިބިގެން އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސޮޑްރަންގެ ހާބަރކްރާފްޓް ލޯންޗް އެސަރަހަށްދަށް ގޮސް އެ ލޯންޗުން ދަތުރުކުރި ހަތަރު މީހުން ވަނީ ރޭ 21:26 ހާއިރު މާލެ ގެނެސްދީފައިކަމަށާއި، އެ ހަތަރު މީހުންގެ ހާލު ވެސް ރަނގަޅުކަމަށް އެމްއެެންޑީއެފުން މައުލޫމާތުދެއެވެ.

ރޭ ހިނގި އިތުރު ހާދިސާއެއްގައި ކ.ގާފަރު ކައިރިން ދަތުރުކުރަމުންދިޔަ ”ލަކީ ސްޓާރ“ ނަމަކަށް ކިޔާ ލޯންޗެއް މޫސުން ގޯސްވެ، ދިޔަވާކަމުގެ މަޢުލޫމާތު ރޭ 20:08 ހާއިރު ވަނީ އެމްއާރުސީސީއަށް ލިބުނުކަމަށް އެމްއެންޑީއެފުން ވަނީ މައުލޫމަތުދީފައެވެ. މި ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ އެފްއައިސީ ވެލާނާ ލޯންޗުގައި ޑައިންވަރުންނާއެކު ސްޓޭންޑްބައި ކުރެވިފައިވާކަމަށާއި، ނަމަވެސް މި އުޅަނދު ދިޔަވުން ކޮންޓްރޯލްކުރެވި ސަލާމަތްތެރިކަމާއެކު، ކ.ގާފަރު ބަނދަރަށް ވަދެފައިވާކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މައުލޫމާތު ލިބުނުކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން އެމްޕީއެލް ސަރައްދުގައި އޮތް ދެ ބާޖެއް ވައު ކަނޑައިގެން ގޮސް ފުނަދޫއާ ކައިރިވަމުންދިޔަ ކަމުގެ މަޢުލޫމާތު ވެސް ލިބިފައިވާކަމަށާއި، ނަމަވެސް އެމްޕީއެލްގެ ޓަގް ބޯޓްތައް ނެރެ މި ދެ ބާޖު އެމްޕީއެލް ސަރަހައްދަށް ވަނީ ވައްދާފަެއިކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ރޭ ކުރި ވިއްސާރާގައި އެމްޓީސީސީގެ ”މަހާޖައްރާފާ“ގެ ނަގިލި ކަހާލައިގެން ފަރަކާ ކަރިވަމުންދިޔަކަމުގެ ރިޕޯޓްވެސް ކޮށްފައިވާކަމަށް އެމްއެންޑީއެފުން ވަނީ މައުލޫމާތުދީފައެވެ. ފަރާ ކައިރިވިނަމަވެސް ”މަހާޖައްރާފާ“ ފަރަށް އަރާފައެއް ނުވެއެވެ.

މީގެއިތުރުން އެމްއެންޑީއެފުން ބުނީ، މިހާދިސާތަކުގެ އިތުރުން ފަތުރުވެރިން ގޮވައިގެން ކ.ރީތިރަށް ކައިރިން ދަތުރުކުރަމުންދިޔަ ލޯންޗެއް ރީތިރަށް ކައިރީގައިވާ ފިނޮޅަކަށް ބީހުނުކަމުގެ މަޢުލޫމާތުވެސް އެމްއާރުސީސީއަށް ވަނީ ރޭ ލިބިފައިވާކަމަށާއި، މި ހާދިސާ ހިނގުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެކި ފަރާތްތަކާ ކޯޑިނޭޓްކޮށްފައިވާކަމަށެވެ. އެ ލޯންޗުގައި ތިބި ފަތުރުވެރިން، ރީތިރަށް ރިސޯޓުން ފޮނުވި އެހެން ލޯންޗެއްގައި ވަނީ އެ ރިސޯޓަށް ގެންގޮސްފައެވެ.

ރޭ ކަނޑުމަތީގައި ހިނގި ހާދިސާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާއި ބެހޭ ގައުމީ އިދާރާ އިން މިއަދު ވަނީ ތ.އަތޮޅުން ފެށިގެން އައްޑޫ ސިިޓީ އާއި ދެމެދުގެ ސަރަހައްދުތަކަށް ރީންދޫ ސަމާލު ނެރެފައިވާކަމަށެވެ. އަދި ހުދު ސަމާލު ނެރެފައި ވަނީ ހދ.އަތޮޅުން ފެށިގެން ތ.އަތޮޅާއި ހަމައަށެވެ. އެސަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމުގެ އިތުރުން 45 މޭލަށް ވައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މޫސުން ގޯސްވުމާ ގުޅިގެން ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ އާންމުކޮށް ހުރިހާ ފަރާތްތަކުންވެސް އަދި ވަކިން ހާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ބެލުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އާއި މެޓު އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button