
ބަންޑާރަނައިބު އިބްރާހީމް ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ގުޅިފައިވާ ޕާޓީތަކުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މިކަން ހާމަކަޮށްފައިވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޕީޖީ ގްރޫޕް ގެ ފަރާތުން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ސަލީމް ވިދާޅުވީ ދެކުނުގެ ކަނޑު ވިއްކާލި މައްސަލައާ ގުޅިގެން އެކަމާ ގުޅުން ހުރި ވަޒީރުން ބޭފުޅުންގެ އިތުރުން ކަމާއިގުޅުންހުރި އެހެން ބޭފުޅުންގެ އިތުބާރު ނެތްކަމުގެ ވޯޓު ހުށަހަޅަން ފަށާފައިވާކަމަށާއި އެގޮތުން މިއަދު ބަންޑާރަ ނައިބު ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވާކަމަށެވެ.
ސަލީމް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އިތުރު ބޭފުޅުންގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް ހުށަހެޅުމުގެ މަސައްކަތް ކުރާނެކަމަށެވެ.
އެގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިޙްގެ އިތުބާރު ނެތްކަމުގެ ވޯޓު ހުށަހަޅަންވެސް މަސައްކަތް ކުރަމުންދާކަމަށާއި، އެމަސައްކަތް ކުރަމުންދަނީ ރާއްޖޭގައި މިހާރު އޮތް ގިނަ ޕާތީތަކުގެ އެއްބާރުލުމާއެކުގައި ކަމަށް ސަލީމް ވިދާޅުވިއެވެ.
”އޭގެ ތެރޭގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިހްގެ އިތުބާރު ނެތްކަމުގެ ވޯޓު ހުށަހަޅަންވެސް މަސައްކަތް ކުރަން، މިކަން މިކުރަނީ ރާއްޖޭގައި މިހާރު އޮތް ގިނަ ޕާތީތަކުގެ އެއްބާރުލުމާއެކު“
ސަލީމް ވިދާޅުވިއެވެ.
މީގެއިތުރުން ފޯޅަވަހީގެ މައްސަލަ ރައްޔިތުންނަށް ނޭނގޭނެކަމަށް ސަރުކާރުން ހީކޮށްގެން ނުވާނެކަމަށާއި އިމުގެ މައްސަލައަށްވުރެ ރައްޔިތުންނަށް އެނގޭ އެއްވެސް މައްސަލައެއް ނޯންނާނެކަމަށް ސަލީމް ވިދާޅުވިއެވެ.