
ޣައްޒާ އިން އިސްރާއީލަށް ފޮނުވަމުންދާ ރޮކެޓް ހަމަލާތަކުގެ ތެރެއިން ހަމަލާއެއް އިސްރާއީލްގެ ވެރިރަށް ތެލްއަވީވްގައި އޮންނަ ބެން ގުއިރޮން އެއާޕޯޓަށް ދީފިއެވެ.
ޣައްޒާއިން މި ރޮކެޓް ހަމަލާ ދީފައިމިވަނީ އިއްޔެ އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގި ޤަތުލުއާންމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ.
#BREAKING: Israel is under attack. Gaza is retaliating against yesterday’s Israeli massacre of Palestinians. Tel Aviv and other settlements around Gaza and Jerusalem are being targeted . Airport shut down. Palestine have every right to defend itself.
— Hadi Nasrallah (@HadiNasrallah) May 10, 2023
ގުއިރޮން އެއާޕޯޓަށް އަމާޒުވި ރޮކެޓް ހަމަލާ އާއި ގުޅިގެން ކުޑައިރުކޮޅަކަށް އެއާޕޯޓް ބަންދުކުރި ނަމަވެސް މިހާރު ވަނީ އަލުން ދަތުރުތައް ފަށާފައި ކަމަށް ބައިނަލް އަޤްވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.
The sky in Tel Aviv right now. #IsraelUnderFire #ShieldAndArrow pic.twitter.com/QwDjG55dYa
— Hananya Naftali (@HananyaNaftali) May 10, 2023
އިސްރާއީލްގެ ވެރިރަށް ތެލްއަވީވްގެ އިތުރުން އެސަރަޙައްދުގެ އެހެން ސިޓީތަކަށްވެސް ރޮކެޓް ހަމަލާއެއް އައިސްފާނެ ކަމަށް އިސްރާއީލުން ތައްޔާރު ވެފައިވާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.
އިސްރާއީލްގެ އަސްކަރިއްޔާއިން ވައިގެ މަގުން ދިން ހަމަލާއެއްގައި ޣައްޒާގެ ކުޑަ ފިރިހެން ކުއްޖަކު ޝަހީދު ކޮށްލާފައިވާއިރު، ޣައްޒާގެ ޚަބަރުތައް ގެނެސްދޭ ޓައިމްސް އޮފް ޣައްޒާ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އިސްރާއީލުން މިވަގުތުވެސް ދަނީ މެދު ކެނޑުމެއްނެތި ޣައްޒާ އަށް ބޮމުގެ ހަމަލާތައް ދެމުންކަމަށެވެ.
އިސްރާއީލާއި ފަލަސްޠީނާއި އާއި ދެމެދު މިވަގުތު ކުރިއަށްދާ ހަނގުރާމައިގައި ކުޑަކުދިން ހިމެނޭހެން ފަލަސްޠީނުގެ 21 މީހަކު ޝަހީދު ވެފައިވާއިރު 64 މީހަކު ވަނީ ޒަޚަމްވެފައެވެ.