ޚަބަރު

ޗަމްޕާ ބްރަދަރސްގެ ފަރާތުން ހަދިޔާކޮށްފައިވާ ކަރާ އަދި ކާށި މާލެ ސިޓީ ކައުންސިލުން ބަހަނީ

ދިވެހި ރައްޔިތުންނަށް ބެހުމަށް ޗަމްޕާ ބްރަދާސްގެ ފަރާތުން މާލެސިޓީ ކައުންސިލާއި ހަވާލު ކޮށްފައިވާ 15 ހާސް ކާށި އަދި 10 ޓަނު ކަރާ މާލެސިޓީ ކައުންސިލް މެދުވެރިކޮށް ރައްޔިތުންނަށް ބަހަން ނިންމައިފިއެވެ.

އެގޮތުން ކާށި ބެހުން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ 27 އޭޕްރީލް 2023 ވަނަ ބުރާސްފަތި ދުވަހުއެވެ.

ކާށި އަދި ކަރާ ބެހުން ކުރިއަށްދާނީ މާލެސިޓީ ކައުންސިލުގެ ޢާންމު ޚިދުމަތްތަކާއި ބެހޭބައި (ތައިސޭކޮށި / ބޮޑުތަކުރުފާނުމަގު) 27 އޭޕްރިލް 2023 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 09:30 ން 15:00 އަށް، ރޭގަނޑު 21:30 ން 00:00 އަށް އަދި 29 އޭޕްރިލް 2023 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން 12:00 އަށް، މެންދުރުފަހު 13:00 ން 17:00 އަށް، ރޭގަނޑު 20:30 ން 23:30 އަށެވެ. އެހެންނަމަވެސް ހުކުރު ދުވަހު ކާސި އަދި ކަރާ ބެހުމުގެ މަސައްކަތް ކުރިއަކަށް ނުދާނެއެވެ.

ޗަމްޕާ ބްރަދާސްގެ ފަރާތުން މާލެސިޓީ ކައުންސިލާއި މީގެ ކުރިން ހަވާލޔކުރި 35 ހާސް ކާށި ވަނީ މީގެ ކުރި މާލެ ސިޓީ ކައުންސިލުން ކާމިޔާބުކަމާއެކު ބަހާ ނިންމާލާފައިފައެވެ. ކާށި ކާށި އަދި ކަރާ ބެހުމަށް ހަމަޖެހިފައިވަނީ ދިވެހި ކޮންމެ ރައްޔިތަކަށެވެ. އަދި ވަޑައިގަންނަވާއިރު އައި.ޑީ ކާޑު ގެންނެވުމަށް ކައުންސިލުން އެދެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button