ކޮމާންޑަކަށް އަމަލުކުރަން ނޭނގި ފުލުހުންގެ އިސްވެރިން ވާނުވާގަ!

ދިވެހި ފުލުހުންގެ ޚިދުމަތަށް 90 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބޭއްވި އަހަރީ ޖަލްސާގައި ކޮމާންޑެއް ކުރުމުން ވާނުވާ ނޭނގި އެއަށް އަމަލު ކުރާނެގޮތެއް ނޭނގިގެން ފުލުހުންގެ އިސްވެރިންތަކެއް އުޅުނު މަންޒަރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.
އެ ޖަލްސާގައި ފުލުހުންގެ އިސްވެރިންތަކެއް ކޮމާންޑަކަށް އަމަލުކުރަން ނޭނގިގެން އެނބުރޭ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި މިހާރު އަންނަނީ ދައުރުވަމުންނެވެ.
އެ ވީޑިއޯގަައި ވާތްފަޅިއަށް އެނބުރި ސެލިއުޓް ނަގާފައި ޑިސްމިސްވާން ބުނާ ކޮމާންޑެއް ދިނުމުން އެއަށް އަމަލު ކުރަން ނޭނގިގެން އެކި ފުލުހުުން އެކަކު އަނެކަކާ ދިމާއަށް ބަލާ މަންޒަރު ފެންނައިރު، އެކި މީހުން އެ ކޮމާންޑަށް ޢަމަލު ކޮށްފައި ވަނީވެސް އެކި ވަރަށެވެ. އާއްމުގޮތެއްގައި ފުލުހުންގެ ކޮމާންޑުތަކަށް ޢަމަލު ކުރާއިރު، ހުރިހާ ފުލުހުންގެ ހަރަކާތް ހުންނާނީ އެއްވަރަކަށެވެ.
Fuluhunge isverinnah mi ulhenee command dhineema hadhanvee gotheh neyngigen. pic.twitter.com/WX6ESb98wf
— Ahmed Azaan (@axanner) March 29, 2023
ފުލުހުން ހޯދަމުންދާ ކާމިޔާބީއާއި މުއައްސަސާގެ ހަރުދަނާ ކަމުގެ ވާހަކަ އެމްޑީއެން ބޯޑުގެ ކުރީގެ ޗެއަރމަން އަދި މިހާރުގެ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުގެ އިތުރުން ހޯމް މިނިސްޓަރ އިމްރާން އަންނަނީ އެކި ޕޯޑިއަމްތަކުގައި ވަރަށް އަޑުހަރުކޮށް ދައްކަމުންނެވެ. އެހެންނަމަވެސް ފުލުހުންގެ އިސްވެރިންގެ ފަރާތުން މިފަދަ ލަދުވެތި މަންޒަރެއް ފެނުމުން ފުލުހުންގެ އާދައިގެ ލެވެލްތަކުގެ އޮފިސަރުންނާއި ކުރީގައި އެ ޚިދުމަތުގައި މަސައްކަތްކުރެއްވި ގިނަބަޔަކު ބުނަމުންދަނީ އެެއީ މުޅި ފުލުހުންގެ މުއައްސަސާއަށް ވެސް ލިބުނު ބޮޑު ހުތުރެއްކަމަށެވެ.
އަސްލު ވެސް ފުލުހުންނާ ސިފައިން ވަރަށް އަންޕްރޮފެޝަނަލް ވެއްޖެ މިހާރު.
މުހިއްމު ތަންތާ ޑިއުޓީ އަށް ތިބޭ އިރު ފޯނާ ކުޅެ ކުޅެ ތިބުމަކީ މިހާރު އާއްމު ކަމެއް.
އަންހެން ފުލުހެއް ފަހަތަށް ލައިގެން ސައިކަލުން ލަކި ޖަހަމުން ސަކަރާތް ޖަހަމުން ދުއްވާތަން ވެސް ފެނޭ.
ގޭތެރޭން ވަޒީފާ…— Vote NuLaa Abdul (Journalist)🌿 #indiaout 🐻 (@DhivehiOne) March 29, 2023
ފުލުހުންގެ މުއައްސަސާގެ އަގު ދުވަހެއް ދުވަހަކަށް ރައްޔިތުންގެ ކުރިމަތީގައި ވެއްޓެމުން ދަނީ މުޅި މުއައްސަސާގައި ސިޔާސީ ކުލަ ޖެހިފައިވުމުން ކަމަށް ގިނަބަޔަކު ޤަބޫލުކުރެއެވެ.