ސިނަމާލެ ބްރިޖް ވީރާނާވާން ދޫކޮށްލާފަ!

ޖަލަށް ލާފައިވާ އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް، ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުން ޗައިނާގެ އެހީގައި ބިނާކުރި ސިނަމާލެ ބްރިޖް ވީރާނާވާން މިސަރުކާރުން ދޫކޮށްލާފައިވާތީ އަނެއްކާވެސް މީސްމީޑިއާގައި ސަރުކާރަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.
ސިނަމާލެ ބްރިޖުގެ ދަގަނޑުތަކުގައި ދޭތެރެއަކުން ވަރަށް ބޮޑަށް ދަބަރު ޖަހާފައި ހުރެ އެވެ. އެހެންނަމަވެސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ސަރުކާރު ފެށުނީއްސުރެން މިއަދާހަމަޔަށްވެސް ބްރިޖްގެ މަރާމާތުގެ މަސައްކަތް ކުރަމުންދަނީ މީސްމީޑިއާގައި ފާޑުކިޔުން އަމާޒުވުމުންކަން ފާހަގަކޮށްލެވެއެވެ.
މީގެ ކުރިންވެސް ސިނަމާލެ ބްރިޖުގެ މައި ދޮރާށީގައި ދަބަރު ފޮޅިފައި ހުންނަތާ އެތައް ދުވަހެއް ފަހުން އާންމުންގެ ފާޑުކިޔުމާއި މީޑިއާތަކުން ޚަބަރު ގެނެސްދޭންފެށުމުން ބްރިޖުގެ ގޭޓްގައި ޖަހާފައިވާ ދަބަރު ފިލުވާ ދަވާދުލުމުގެ މަސައްކަތް 5 ސެޕްޓެމްބަރު 2021 ފެށިއެވެ. އޭގެފަހުން އަނެއްކާވެސް ބްރިޖްގެ މެއިންޓެނެންސް ނުބެލެހެއްޓޭ މައްސަލަ މިވަނީ ފެންމަތިވެފައެވެ.
މިފަހަރު މިކަން ސަމާލުކަމަށް ގެނެސްދެއްވީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ މަޖްލިސް މެމްބަރެކެވެ. ސިނަމާލެ ބްރިޖުގެ ނަން ޖަހާފައިވާ ތަނުން އަކުރެއް ވެއްޓިފައި އޮތުމުން އެކަން ރަނގަޅު ކޮށްދޭނީ ކާކުތޯ ވިދާޅުވެ ވެލިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް ސުވާލު އުފެއްދެވިއެވެ.
Who’s gonna fix this? pic.twitter.com/cHpbkjf4VZ
— Mohd Abdulla Shafeeg (@mashafeeg) March 19, 2023
މިއާއިއެކު ސަރުކާރުގެ އެކްޓިވިސްޓުންނަށްވެސް ބްރިޖް ބަލަހައްޓަންޖެހެނީ ކޮންފަރާތަކުންކަން ނޭނގި އެ ޒިންމާ ނަންގަވަންޖެހޭނީ ކުރީގެ ހައުސިން މިނިސްޓަރ އަދި މިހާރުގެ މާލެސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒުކަމަށް ބުނެ ޓްވީޓްކުރިއެވެ. މި ޓްވީޓަށް ރައްދުދެއްވާ ޑރ. މުޢިއްޒު ވިދާޅުވީ ބްރިޖް ބަލަހައްޓަން ޖެހޭނީ ސަރުކާރުންކަމަށެވެ.
ބްރިޖް ގެ މަރާމާތާއި ގުޅޭގޮތުން ބްރިޖް ބެލެހެއްޓުމުގެ މަސައްކަތް ކުރަމުންއަންނަ ޕްލޭނިން މިނިސްޓްރީގެ މީޑިއާ އޮފިޝަލާއި ”ބޮންތި“ ނޫހުން ކުރި ސުވާލުގެ ޖަވާބުގައި އޭނާ ވިދާޅުވީ އެކަންއޮތް ހިސާބެއް ބަލާލާފައި އަންގާލާނެ ކަމަށެވެ.
ނިމިދިޔަ ސަރުކާރުގައި 2018 އޮގަސްޓް 30 ގައި ބްރިޖު ހުޅުވި ފަހުން އެ ތަން މަރާމާތުކުރަމުން ދިޔައީ ސީސީސީސީންނެވެ. އެ އެއްބަސްވުމުގެ މުއްދަތު މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ ހަމަވެފަ އެވެ. އެހެންނަމަވެސް ސަރުކާރުން މިކަމާއިގުޅިގެން ކަންކުރާނެގޮތުގެ އެއްވެސް ޕްލޭނެއް އަދި އެއްވެސް އެންގުމެއް ރަސްމީ ސިފައެއްގައި މިހާތަނަށް އަންގާފައިނުވެއެވެ.
@prz_ymn ge sarukaarun elhi thaneh veema tha mi bridge veeraanaa vaan dhookollaafa miothy? Mi than fanaa vegen gehlun vaaneekee ekani RY akah noon. Thi bridge in dhathuru kuraa ethah lakka raiyyithakah gehlun vaane. @ibusolih @MoNPHImv @hdcmaldives @AslamAslamtey @presidencymv pic.twitter.com/4zAEUju7U2
— kudii 🇲🇻 (@kudiiiiiiii) March 28, 2023
ފާހަގަކޮށްލެވޭގޮތުގައި ރައީސް ޔާމީންގެ ސަރުކާރުން ބްރިޖު ބޭނުންކުރަން ފެށީއްސުރެ ބްރިޖްގެ ދަގަނޑުތަކުން ދަބަރު ފިލުވުމުގައި ޗައިނާގެ މަސައްކަތު މީހުން 24 ގަޑިއިރު ވަނީ ހަރަކާތްތެރިވެފައެވެ.
ސިނަމާލެ ބްރިޖްގެ އިތުރުންވެސް ރައީސް ޔާމީންގެ ސަރުކާރުން މާލޭގައި ތަރައްޤީ ކުރި ހުރިހާ ތަނެއް މިހާރު ވަނީ ވީރާނާވާން ދޫކޮށްލާފަ އެވެ.