ޚަބަރު

ސިނަމާލެ ބްރިޖް ހައިވޭ މަތިން ފުލުހުންގެ ކާރެއް ފުރޮޅާލައިފި

ރޭގެ ވަގުތެއްގައި ސިނަމާލެ ބްރިޖް ހައިވޭ މަތީގައި ފުލުހުންގެ ކާރެއް ފުރޮޅާލާފިއެވެ.

ފުލުހުން ބުނީ ހައިވޭގައި ދުއްވި ޕޮލިސް ކާރެއް ފުރޮޅާލިކަމުގެ ރިޕޯޓް ލިބުނީ މެންދަމު 3:00 ޖަހަން އުޅެނިކޮށް ކަމަށެވެ. އެ ހާދިސާ ހިނގި އިރު ކާރުގައި ތިން މީހަކު ތިބި ކަމަށާއި އެ މީހުންނަށް ލިބުނު ޒަހަމްތަކަށް ފަރުވާދޭން ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި ތިން މީހުންނަށް ވެސް ފަރުވާދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް ކާރު ފުރޮޅާލަން ހާދިސާއާ ބެހޭ އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ. އެކަމަކު މިކަން އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ބުންޏެވެ.

One Comment

  1. Dhen oih bai ge mauloomathu nudhinee keehvegen baa Emeehun thibi hamaiga baa. Kaaru dhuhvee transport in kanda alhaafa oih speed ga baa. Dhuhvi meehaage athugai catagory huhdha baa. Miegai foruvifaivaa sihru inthihaa ahvey.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button