ޚަބަރު
ދާންދޫ އިން އިންސާނެއްގެ ކަށި ކަމަށް ބެލެވޭ އެއްޗެއް ފެނިއްޖެ

ގއ.ދާންދޫ އިން އިންސާނެއްގެ ކަށި ކަމަށް ބެލެވޭ ކަށިގަނޑެއް ފެނިއްޖެއެވެ.
ދާންދޫ ކައުންސިލުން ބުނެފައިވަނީ ޑޮކްޓަރުން ވަނީ ފެނުނު ކަށިގަނޑަކީ އިންސާނެއްގެ ކަށިގަނޑެއް ކަން ކަށަވަރުކޮށް ދީފައެވެ.
ފުލުހުން މިކަމާ ގުޅިގެން ބުނެފައިވަނީ ފުލުހުންނަށް ރޭގެ ވަގުތެއްގައި ދާންދޫ ކުނިގޮނޑުން އިންސާނެއްގެ ކަށި ކަމަށް ބެލެވޭ ކަށިގަނޑެއް ފެނިގެން ރިޕޯޓް ކޮށްފައި ވާކަމަށެވެ.
ފެނިފައިވާ ކަށިގަނޑަކީ ގިނަ ދުވަސްވެފައިވާ ކަށިގަނޑެއް ކަމަށް މިހާތަނަށް ބެލި ބެލުމުން ފުލުހުންނަށް ފާހަގަކުރެވިފައިވާ ކަމަށާއި، ފެނިފައިވާ ކަށިގަނޑަކީ އިންސާނެއްގެ ކަށިގަނޑެއްކަން ނުވަތަ ނޫންކަން މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން ދާ ކަމަށް ފުލުހުން ބުނެއެވެ.