ޚަބަރުސިޔާސީ

ކޮވިޑްގައި ރާއްޖެ އަނގަވަތަށް ނުވެއްޓުނީ ކުރީސަރުކާރުން ޤާއިމްކޮށްފަ ދިޔަ ސިސްޓަމް ވަރުގަދަވީމަ: މުންދު

ކޮވިޑްގައި ރާއްޖެ އަނގަވަތަށް ނުވެއްްްޓުނީ ކުރީސަރުކާރުން ޤާއިމްކޮށްފަ ދިޔަ ސިސްޓަމް ވަރުގަދަވީމައި ކަމަށް ޕީއެންސީގެ ނައިބުރައީސް މުޙައްމަދު ޙުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެއެވެ.

މުންދު މިފަދައިން ވިދާޅުވީ އާދިއްތަ ދުވަހުގެރޭ ޗެނަލް13 ގެނިއުސް ޓޯކްގައި ވާހަކަ ދައްކަވަމުންނެވެ.

މުންދު ވިދާޅުވީ ކޮވިޑްގައި ރާއްޖެ އަނގަވަތަށް ނުވެއްްްޓުނީ ނިމިދިޔަ ސަރުކާރުން ޤާއިމްކޮށްފައި ދިޔަ ސިސްޓަމް ވަރުގަދަވީމައި ކަމަށާއި، އެކަމަށްޓަކައި މިބޭފުޅުން ޝުކުރުވެރިވާން ޖެހޭނެ ކަމަށެވެ.

މިބޭފުޅުން ޝުކުރުވެރިވާން ޖެހޭނެ ކޮވިޑްގައި ރާއްޖެ އަނގަވަތަށް ނުވެއްޓުނީ އަޅުގަނޑުމެން ޤާއިމްކޮށްފަ ދިޔަ ސިސްޓަމް ވަރުގަދަވީމަ، ހަވާލުކޮށްފަދިޔަ އިންފްރާސްޓްރަކްޗަރ މޮޅުވީމަ، އަދި އަޅުގަނޑުމެން ދޫކޮށްފަ ދިޔަ ތަކެތީގެ ފެންވަރު ރަނގަޅުވީމަ، އޭގެ މާނަ އަކީ ރާއްޖޭގެ ސިއްހީ ކަންކަން އިރާދަކުރެއްވިއްޔާ ރައީސް ޔާމީން ހުންނެވީމަ ރަނގަޅުވާނެއޭ.މުންދު ވިދާޅުވިއެވެ.

މި ސަރުކާރުގެ އިގްތިސާދީ ސިޔާސަތާއި، ކޮވިޑްގެ ހާލަތުގައި އަމަލުކުރެއްވި ގޮތްތަކަށް ފާޑުވިދާޅުވަމުން މުންްދު ވަނީ ބޭރު ގައުމުތަކުން ލިބުނު އެހީތައް ހިމެނޭހެން ކޮވިޑް19 ގައި ދައުލަތަށް އެކި ގޮތްގޮތުން ލިބުނު ހުރިހާ ފައިސާގެ ތެރެއިން 30 ޕަސަންޓް މިސަރުކާރުން ކާލައިފައި ވާކަމަށް ވިދާޅުވެފައެެވެ.

”ކޮވިޑް19 ގައި ދައުލަތަށް ލިބުނު ހުރިހާ ފައިސާގެ ތެރެއިން 30 ޕަސަންޓް ކާލީ.“މުންދު ވިދާޅުވިއެވެ.

ކޮވިޑާއި ގުޅިގެން ސަރުކާރުން ކުރި ހޭދައަށް އަށްވުރެ ބޮޑަށް ބޭނުންކުރީ އެކި ޤައުމުތަކުން ލިބުނު ހިލޭ އެހީ ކަމަށް މުންދު ފާހަގަކުރެއްވިއެވެ.

އެގޮތުން ޕީޕީއީ، ވެކްސިން، ފަދަ ތަކެތި އެއީ ޑަބްލިޔު އެޗް އޯ އިން ހިލޭ ލިބުނު ތަކެތި ކަމަށާއި، މިސަރުކާރުން ގާއިމްކުރީ ފެންވަރުދަށް ކޮވިޑް ފެސިލިޓީތަކެއްކަމަށް މުންދު ވިދާޅުވިއެވެއަދި އެތަންތަނުގެ ބޭނުން އެކަށީގެންވާ ގޮތެއްގައި ނުހިފާކަމަށްވެސް މުންދު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ދެން ކުރީ ހުސް ވައްކަން ކަމަށާއި، މާލޭގެ ހޮޓެލްތައް ކުއްޔަށް ހިފައިގެން މުވައްޒަފުން ގޮވައިގެން ތިބެ ކުރިހާވެސް ކަމަކީ ބިރަކާނުލާ މަޖާކުރުން ކަމުގައި މުންދު ވިދާޅުވިއެވެ.

ސަރުކާރުން ކޮވިޑްގައި ރައްޔިތުންނަށް ފައިސާގެ އެހީތައްދިން ކަމަށް ބުނަމުން ދިޔަނަމަވެސް އެވިދާޅުވި އެހީތެރިކަން ލިބުނު މީހާކާ އަދި ދިމާނުވާކަމަށް ވިދާޅުވެ މުންދު ވަނީ ކޮވިޑުން އެކަނި މި ސަރުކާރުގެ އިސްވެރިން ކުރި ވައްކަމާއި ޤައުމަށްވީ ހިޔާނާތުގެ ވާހަކަތައް ތަފްސީލް ކޮށްދެއްވާފައެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތާއިމެދު ކަންބޮޑުވުން ފާޅު ކުރައްވަމުން މުންދު ވިދާޅުވީ މިސަރުކާރު ނިމުމަކަށް ގެންނަންޖެހޭ އެންމެ މުހިންމު އެއް ސަބަބަކީ ހަމަޖެހިގެން ގައުމާއިގެން ކުރިއަށް ދިއުމަށްޓަކައި އިޤްތިޞާދު ދަންނަ އިޤްތިޞާދީ މާހިރަކާއި ގައުމު ހަވާލު ކުރުމަށް ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button