ޚަބަރު

ބްރޯޑްކޮމްގެ ހުސްވެފައިވާ މަގާމަށް އައްޔަންކުރަން، ރައީސް އިބްރާހިމް ފޮނުއްވި ލިސްޓުގައި ހިމެނޭ ތިން ނަމެއް ކޮމިޓީން ތަޅުމަށް ފޮނުވައިފި

ބްރޯޑްކާސްޓިން ކޮމިޝަންގެ ހުސްވެފައިވާ މަގާމަށް އައްޔަންކުރަން، ރައީސް އިބްރާހިމް ފޮނުއްވި ލިސްޓުގައި ހިމެނޭ ތިން ނަމެއް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ތަޅުމަށް ފޮނުވައިފިއެވެ.

ބްރޯޑްކޮމްގެ ހުސްވެފައިވާ މަގާމަކީ އެ ކޮމިޝަނުގެ ނައިބުރައީސްގެ މަގާމުގައި ހުންނެވި އަހްމަދު ގައިސް ފާއިތުވި ޑިސެންބަރު މަހު އިސްތުއުފާ ދެއްވުމާ ގުޅިގެން ހުސްވެފައިވާ މަގާމެކެވެ.

މައުލޫމާތު ލިބޭގޮތުގައި އަހްމަދު ގައިސް، ބްރޯޑްކަމްގެ ނައިބު ރައީސްކަމުން އިސްތުއުފާދެއްވީ ރައީސް އިބްރާހިމްގެ ކެމްޕެއިން ކަންތައްތަކަށް ވަގުތު ހުސްކުރެއްވުމަށެވެ. އަހްމަދު ގައިސް އިސްތިއުފާދެއްވުމާއެކު، ބްރޯޑްކޮމްއިންވަނީ އެ މަގާމަށް ކުރިމަތިލާން އިއުލާންކޮށްފައެވެ. އަދި އެކަމަށް ޝައުގުވެރިކަން ފައުޅުކޮށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއުން ރައީސް އިބްރާހިމް ވަނީ އެމަނިކުފާނު އިސްކަންދެއްވާ ތަރުތީބުން ލިސްޓެއް ފޮނުއްވާފައެވެ.

އެ ލިސްޓުގައި ހިމެނޭ ބޭފުޅުން

  • އާމިނަތު ނުޒުހާ
  • ހުސައިން އަމްރު، ވ. ރޯޝަން
  • ޝާން ސާލިޖް މުހައްމަދު، ދ. ކުޑަހުވަދޫ/ފިނިވާދީ
  • މަރްޔަމް ނަރީމާން ޝަރީފް، ގދ. ތިނަދޫ/މުޝްތަރީގެ
  • މަރްޔަމް މުނާ، ސ. ފޭދޫ/ބޯގަންވިލާ

މި ފަސްބޭފުޅުންގެ ތެރެއިން ބްރޯޑްކޮމްގެ ހުސްވެފައިވާ މަގާމަށް އައްޔަންކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ތަޅުމަށް ފޮނުއްވީ އަމްރުއާއު، ނުޒުހާއާއި ނަރީމާންގެ ނަންފުޅެވެ.

މީގެ އިތުރުން ބްރޯށްކޮމްގެ މެމްބަރު އަމްޖަދު ވަހީދުގެ ދައުރު ހަމަވެފައިވާތީ އެމަގާމަށް އިއުލާންކުރުމާއެކު ކުރިމަތިލެއްވީ ބޭފުޅުންގެ ތެރެއިން ހަތަރު ބޭފުޅެއްގެ ނަންފުޅު ރައީސް އިބްރާހިމްވަނީ މަޖިލީހަށް ފޮނުއްވާފައެވެ. މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދަނީ އެ ނަންތައް ދިރާސާކުރުމުގެ މަސައްކަތްކުރައްވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button