ޚަބަރުސިޔާސީ
Trending

ފުލުހެއްގެ ފަރާތުން ނުހާއަށް ލިބުނު އަނިޔާގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނަށް

ޖަލަށް ލާފައިވާ އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ގޮވާލައި މި މަހު 13 ވަނަ ރޭ އިދިކޮޅުން ބޭއްވި މުޒާހަރާގައި ޕީޕީއެމް/ޕީއެެންސީގެ ޔޫތް މެމްބަރު ނުހާ އިބްރާހީމް އަނިޔާވެރިގޮތަކަށް ހައްޔަރުކުރި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަށް ހުށަހަޅައިފިއެވެ.

”ބޮންތި“ އަށް ނުހާ ކިޔައިދިންގޮތުގައި ސްޕެޝަލް އޮޕަރޭޝަން ގެ އޮފިސަރެއް ކަމަށްވާ ”މިޒްނާ“ ސާރވިސް ނަމްބާރ (6010) ވަނީ މުޒާހަރާގައި ނުހާ ހައްޔަރުކުރުމުގައި ހުރިހާ ހައްދެއް ފަހަނައި އަޅައިގޮސްފައެވެ. އަނިޔާވެރިގޮތަކަށް ނުހާ ހައްޔަރުކުރި އިރު ނުހާގެ ހެދުމަށް ދަމައި ބަރަހަނާވާ ހާލުގައި ވަނީ މަގުމައްޗަށް ވައްޓާ ދަމާފައެވެ.

އެވަގުތު އެތާ ހަރަކާތްތެރިވި ”ބޮންތި“ ގެ ނޫސްވެރިންނަށް ވެސް ވަނީ މި މަންޒަރު ފެނިފައެވެ. ފުލުހުން ނުހާ ހައްޔަރުކުރި އިރު ނުހާގެ ހެދުން އޮތީ ވަރަށް ބޮޑަށް ހިއްލި، ގައިގެ ވަރަށް ބޮޑުބައި ހާމައަށެވެ. އަދި ހެދުމުގެ އެއްބައި ކަހަލަގޮތަކަށް އޮތީ އެސް އޯ އޮފިސަރު ”މިޒްނާ“ ގެ އަތުގައެވެެ. މުޒާހަރައިގެ ބައިވެރިން ވެސް ގޮވަމުންދިޔައީ ނުހާގެ ހެދުން ތިރިކޮށްލަދިނުމަށެވެ. ނަމަވެސް އަންހެނަކަށް ވެ ހުރެ އޮފިސަރު ދިނީ ބީރުކަންފަތެވެ. ނުހާ ހައްޔަރު ކުރި އިރު ނެގިފައިވާ ވީޑިއޯތައް އެކި ފަރާތްތަކުން ޓްވިޓާގައި ވަނީ އާންމުކޮށްފައެވެ.

މިކަމާ ގުޅޭގޮތުން މިއަދު “ބޮންތި” އިން ވަނީ ނުހާގެ އިންޓަވިއުއެއް ކޮށްފައެވެ.

“އަޅުގަނޑުގެ ގައިގެ އެކި ތަންތަނަށް އަނިޔާ ކުރަން ފެށީ ފުލުސް ވެހިކަލަށް އެރުވުމަށް ފަހުވެސް، ދެން ތަދުވާތީ އެހެން ނުހެދުމަށް ބުނީމަ ވަރަށް ހަޑިކޮށް އޮފިސަރު (މިޒްނާ) ބުނީ މިހެން “މަ ބޭނުން ގޮތަކަށް ތިމީހުންނާ ދޭތެރޭ ކަންތައް ކުރާނީ! މިޔަށް ވުރެ ބޮޑުވަރު ކޮށްލާނަން ކަލޭގެ ބލ ބޮޑު ވެއްޖާ” ނުހާ ކިޔައިދިނެވެ.

”ފުލުސް ވެހިކަލަށް އަރުވާފަ އަޅުގަނޑުގެ ބޯ ވެސް ވަރަށް ބާރަށް ޖެއްސި ވެހިކަލުގެ ތަނެއްގަ، އެގަޑީ ހަމަ ހީވީ މަރާލަން ކުރިކަމެއްހެން ވެސް. ދެން އަނިޔާ ކުރަމުން ވެސް ކިޔަނީ ހަމަ ”އަހަރެމެން ކަން ކުރަންވީގޮތް ތިމީހުންނަކަށް ނޫން އިނގޭނީ! އަނިޔާވެސް ކުރާނަން ނުހާއަށް ކުރެވޭނީ ކޮންކަމެއް“ އެވަގުތު މީހާގެ ހަބަރު ހުސްވެފަ ހުރީ ދެން ހޭ އެރީމަ ރަނގަށް ގޮނޑިއަށް އަރަން އުޅުން ތަނާ ވެސް ކޮއްޕާފަ ކޮޅުފައިން ޖެހި ވަރަށް ބާރަށް. އަދިވެސް ތަންތާ ވަރަށް ރިއްސާ. މިހާރު ދެން އަޅުގަނޑުގެ މައްސަލަވީ ހިޔުމަން ރައިޓަށް ހުށައަޅާފަ. ޑޮކްޓަރަށް ދައްކާފަ މެޑިކަލް ދޭން ބުނެފަވީ. އެބަހުރި ހަށިގަނޑުގެ އެކި ތަންތަނުން އަޅުގަނޑަށް ހަމަ ދެއްކެންވެސް އަނިޔާވެފަ ހުރިތަންތަން. އަސްލު ހަމަ އެންމެ ދެރަވީ އަންހެނަކަށް ވެ ހުރެ ޖެހިލުންނުވީމަ އެފަދަ ކަމެއް ކުރަން.” ނުހާ ކިޔައިދިނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button