ޚަބަރުސިޔާސީ

ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އަޅައިގެން ނުވާނެ: އަލީ ހުސެއިން

ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އަޅައިގެން ނުވާނެކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
މެންބަރު ހުސެއިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާގައި ބަޔާންކުރާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން، އެ މާއްދާގައި ބުނާ އިމުގެ ތެރޭގައި ބޭނުންކޮށްގެން އެއްވެސް މީހަކަށް އަދަބުދީ ފިޔަވަޅު އަޅައިގެން ނުވާނެ ކަމަށެވެ.

”ވަކިބައެއްގެ ނުރަނގަޅު ނުފޫޒުގެ ދަށުގައި މުއައްސަސާތައް އޮތުން ބަލައެއް ނުގަނެވޭނެ.“ މެންބަރު ހުސެއިން ވިދާޅުވިއެވެ.

އޭނާ މިހެން ވިދާޅުވެފައިވަނީ ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީ އިން ވަކި ވަކި މީޑިއާތަކަށް ފިޔަވަޅު އެޅުމަށް ސަރުކާރަށް އަންގަމުން ގެންދާ ދަނޑިވަޅެއްގައެވެ. އެގޮތުން އިންޑިއާ އެމްބަސީ އިން ވަނީ ދިޔަރެސް ނޫހަށް ފިޔަވަޅު އަޅައިދިނުމަށް ސަރުކާރަށް އަންގާފައެވެ. އެ ނޫހަކީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް އާންމުން ފާޅުކުރާ ޝުއޫރުތައް ގެނެސްދޭ ނޫހެކެވެ. އަދި އިންޑިއާ ސަރުކާރުގެ ހަންފެތުރުމާ ދެކޮޅަށް ދިރާސީ ނަޒަރިއްޔާތުގެ މައްޗަށް ތައްޔާރުކުރާ ރިޕޯޓުތައްވެސް ދިޔަރެސް އިން އަންނަނީ ގެނެސްދެމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button