ޤައުމު ކުރިޔަށްދާ މިސްރާުބު ބަދަލުނުކޮށްފިނަމަ ފަރަށްއެރުން ވަރަށްކައިރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
ޢަލީ ޙުސައިން މިދަފައިން ވިދާޅުވެފައި މިވަނީ ސަރުކާރުގެ ދަރަނި އިތުރުވެ އިޤްތިޞާދީ ދަތުމަޑުކަމަކާއި ދިމާލަށް ރާއްޖެ މިސްރާބުޖަހާފައިވާކަން ކަމާއި ގުޅުންހުރި އިދާރާތަކުން ހާމަކުރަމުންދާ ދަނޑިވަޅެއްގައެވެ.
މެންބަރު ޢަލީ ޙުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތާއަބަދު ދަރަނި މައްޗަށް ދަރަނި ނަގަިއިގެން ނުވަތަ އެކަށީގެން ނުވާމިންވަރަށް ފައިސާ ޗާޕުކޮށްގެން ދެމެހެއްޓެނިވި ގޮތަކަށް އިޤުތިސާދު ނުހިންގޭނެކަމަށެވެ. އަދި ޤައުމު ކުރިޔަށްދާ މިސްރާުބު ބަދަލުނުކޮށްފިނަމަ ފަރަށްއެރުން ވަރަށް ކައިރިކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ތާއަބަދު ދަރަނި މައްޗަށް ދަރަނި ނަގަިއިގެން ނުވަތަ އެކަށީގެން ނުވާ މިންވަރަށް ފައިސާ ޗާޕުކޮށްގެން ދެމެހެއްޓެނިވި ގޮތަކަށް އިޤުރިސާދެއް ނުހިންގޭނެ. ޤައުމު ކުރިޔަށްދާ މިސްރާުބު ބަދަލު ނުކޮށްފިނަމަ ފަރަށްއެރުން ވަރަށްކައިރި.
— Ali Hussain (@AleeVoice) July 5, 2022
ރާއްޖޭގައި ތަކެތީގެ އަގު ބޮޑުތަނުން އުފުލެމުން އަންނައިރު ޚިދުމަތުން ނަގަމުން އައި ޓެކްސް ބޮޑުކުރާނެކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވަނީ ހާމަކުރައްވާފައެވެ.
އެގޮތުން އާމްދަނީ އިތުރުކުރުމަށް ޓީޖީއެސްޓީ ރޭޓުން 4% އިން ބޮޑުކުރުން އަދި ޖީއެސްޓީ ރޭޓު 2% އިން ބޮޑުކުރުން ހިމެނެއެވެ.
މީގެއިތުރުން ދަޢުލަތުގެ އާމްދަނީ އިތުރު ކުރުމަށާއި ޚަރަދު ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް އަޅަން މަޝްވަރާތައް ފަށާފައިވާ ކަމަށްވެސް މާލީ ވަޒީރު އަމީރު ވަނީވިދާޅުވެފައެވެ. އެގޮތުން މުދަލާއި ޚިދުމަތުން ނަގާ ޓެކްސް ބޮޑުކުރުމުގެ އިތުރުން ޚަރަދު ކުޑަކުރުމަށް ސަބްސިޑީ ރިފޯމްކުރަން ނިންމާފައިވާ ކަމަށްވެސް އަމީރުވިދާޅުވިއެވެ.