މޭޔަރު މުއިއްޒުގެ މަސައްކަތުން މިސްކިތްތަކުގެ ހުރުމަތް ކެނޑޭފަދަ އަމަލު ހިންގުން މަދުވެއްޖެ!
މާލޭގެ މިސްކިތްތަކުގައި ހުރުމަތް ކެނޑޭފަދަ އަމަލުތައް ވަރަށް ބޮޑަށް މަދުކުރުމަށް މާލޭ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތަށް ވަރަށް ގިނަ އާންމުފަރާތްތަކުން ތައުރީފު ކޮށްފިއެވެ.
ބޮންތި ނޫހައް މައުލޫމާތު ދެމުން އާންމު ރައްޔިތަކު ބުނެފައި ވަނީ މިސްކިތްތަކުގެ ހުރުމަތް ކެނޑޭނެފަދަ އަމަލުތައް މަދުވެފައި ވަނީ މާލެ ސިޓީ ކައުންސިލްއިން ވަގުތުން ވަގުތަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި، މިދިޔަ އަހަރު މިސްކިތްތަކުގެ ސީސީޓީވީ މޮނިޓަރިން ޕްރޮގްރާމެއް އިފްތިތާހު ކުރުމުން ކަމަށެވެ.
މީގެ ކުރިން އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ މިސްކިތްތަކުގެ މާތްކަމަށް އުނިކަން ލިބޭ ފަދަ ހަރުކަށި އަމަލުތައް ރިޕޯޓްކުރާ މިންވަރު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ. އެ އިއުލާނަކީ މިނިސްޓްރީން ނުކުރާ ކަމެއްގެ ކްރެޑިޓް ނަގަމުން ދިޔަ އިއުލާނެއް ކަމަށް ބެލެވެ އެވެ.
މޭޔަރުގެ ވާހަކަތަކުން ރައްޔިތުންނަށް ސާފުވެގެން ދިޔައީ 24/7 ސީސީޓީވީ މޮނިޓަރިންގެ އިތުރުން އެ ފިޔަވަޅުތަކަކީ ސިޓީ ކައުންސިލުން އެޅި ފިޔަވަޅުތަކެއް ކަމަށާއި އެއިން އެއްވެސް ޕްރޮގްރާމެއްގައި އިސްލާމިކް މިނިސްޓްރީގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ.
މޭޔަރު އިތުރަށް ވިދާޅުވީ، މިސްކިތްތަކުގެ ކޮމްޕައުންޑްތަކުގައި ޝައްކުކުރެވޭ އެއްވެސް ކަމެއް ހިނގާނަމަ، އެމްސީސީގެ ކޮންސްޓެބުލޯރީ ސާވިސް މެދުވެރިކޮށް ސީދާ ފުލުހުންނަށް ރިޕޯޓް ކުރުމުގެ އުސޫލު ސިޓީ ކައުންސިލުން ގެންގުޅެމުންދާ ކަމަށެވެ.
ސީސީޓީވީ މޮނިޓަރިން ޕްރޮގްރާމަކީ މާލެ ސިޓީ ކައުންސިލުން 19 ޖުލައި 2022 ގައި ފެށި ޕްރޮގްރާމެކެވެ.