ޚަބަރު

ސްޓެލްކޯއިން ސިޓީ ކައުންސިލަށް ދައްކަންޖެހޭ ފައިސާގެ އަދަދު 68 މިލިއަނަށް އަރައިފި

ސްޓެލްކޯއިން ސިޓީ ކައުންސިލަށް ދައްކަންޖެހޭ ފައިސާގެ އަދަދު 68 މިލިއަނަށް އަރައިފިއެވެ.

މައުލޫމާތު ލިބޭގޮތުގައި 2021 މެއި އިން ފެށިގެން 2022 ޑިސެންބަރު 30 ގެ ނިޔަލަށް ސްޓެލްކޯއިން 10،660،604.99 ރުފިޔާ ސިޓީ ކައުންސިލަށް ދައްކާފައިވެއެވެ.

ނަމަވެސް 2022 ޑިސެންބަރުގެ ނިޔަލަށް ސްޓެލްކޯއިން މާލޭ ސިޓީ ކައުންސިލަށް ދައްކަންޖެހޭ 16،519،796 ރުފިޔާ ދައްކާފައިނުވާއިރު، ކައުންސިލްގެ ބިންތަކަށް ކުލީގެ ގޮތުގައި ސްޓެލްކޯއިން ކައުންސިލަށް ދައްކަންޖެހޭ 68،341،787 އަރާފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ. އޭގެ ތެރޭގައި 49 ބިމުގެ ކުލި ހިމެނެއެވެ.

މީގެ އިތުރުން، މާލޭގެ 3 މަގެއް ހުޅުވާލުމަށް އެދި މާލެ ސިޓީ ކައުންސިލުން ސްޓެލްކޯއަށް ތަކުރާރުކޮށް ދަންނަވާފައިފީނަމަވެސް އެ މަގުތަށް ހުޅުވާނުލާ ބަންދުކޮށްގެން އުޅޭކަމަށްވެސް މައުލޫމާތު ލިބެއެވެ. އަދި ޖަނަރޭޓަރުތައް ފަދަ އެއްޗެހި ބަހައްޓަން ހުޅުމާލެއިން ބޮޑު ބިމެއްދީފައިވާއިރު، އެފަދަ ތަކެތި އަދިވެސް ހުރި ބަންދުކޮށްފައިވާ މަގުތަކުގައެވެ. އެ މަގުތަކުގައި އާންމުންނަށް އުދަނގޫވާނެހެން ޖަނެރޭޓަރުތައް ބޭނުންކޮށްގެން ބައެއް މީހުން ކުޅިވަރުކުޅޭކަމަށްވެއެވެ.

ބޮޑުތަކުރުފާނު މަގާއި އަމީނީމަގަކީ ޓްރެފިކް ފްލޯއަށްވެސް މުހިންމު މަގުތަކަށްވާއިރު، އެ މަގުތައް އަދިވެސް ހުރީ ބަންދުކޮށްފައެވެ. މި މަގުތައް ހުޅުވާލުމަށް، ސިޓީ ކައުންސިލުން ފާސްކޮށްގެން ތަކުރާރުކޮށް ސްޓެލްކޯއަށް ދަންނަވާފައިވާކަމަށާއި އެ މަގުތައް އެއްކޮށް ހުޅުވާނުލެވޭނަމަ، ދެފަރާތަށް އެއްބަސްވެވޭ ތާވަލެއް ހަދައިގެން އެކަން ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސޭތޯވެސް ކައުންސިލުން މަސައްކަތްކޮށްފައިވެއެވެ. ނަމަވެސް ސްޓެލްކޯއިން މިކަމަށް އިޖާބައެއް ދީފައިނުވާކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button