ޚަބަރު

ރައީސް ސޯލިހު ވެރިކަމުން ދުރުކުރަން އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ: ކެޕްޓަން އަމީން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ވެރިކަން ކުރައްވަން ނާގާބިލް ބޭފުޅެއް ކަމަށާއި އެމަނިކުފާނު ވެރިކަމުން ދުރު ކުރަން ޖެހޭ ކަމަށް އެމްއޭސީއެލްގެ ކުރީގެ ޑިރެކްޓަރު ކެޕްޓަން މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

އަމީން އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރައީސް ސޯލިހް ވެރިކަމުން ދުރުކުރުމަށް، ހުރިހާ ރައްޔިތުން އެކުގައި މަސައްކަތްކުރަން ޖެހޭ ކަމަށެވެ. ރައީސް ސާލިހު ވެރިކަންކުރައްވާ ގޮތާމެދު ކަންބޮޑުވުން ފާޅުކޮށް، އަމީން ވިދާޅުވެފައިވަނީ މީގެ 5 ދުވަސް ކުރިއަށް ބަލާއިރު، އޭރަށްވުރެވެސް މިހާރު ރައްޔިތުން މިތިބީ ބަލިކަށިވެފައި ކަމަށެވެ.

ރައީސް ސާލިހްއަކީ އިތުރުފުޅު ހައްދަވާ ބޭފުޅެއްކަމަށް ތުހުމަތުކުރައްވަމުން އަމީން ވިދާޅުވެފައިވަނީ އެމަނިކުފާނަކީ ވެރިކަން ކުރުމުގެ އެއްވެސް ތަޖުރިބާއެއް ހުރި ބޭފުޅެއްނޫންކަމަށެވެ. އަދި ވެރިކަމަށް ވަޑައިގެންނެވީއްސުރެން ރާއްޖެއަށް ލިބުނީ ހުސް ގެއްލުން ކަމަށާއި، ދައުލަތުގެ ދަރަނިތަކަށް ބަލާއިރު، ކޮންމެ ދިވެހިރައްޔިތެއްގެ ބޮލަކަށް މިހާރުވެސް 250،000 ޖެހޭނެކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button