ކެނެޑާގެ ބުރިޓިޝް ކޮލަމްބިއާ ސަރަހައަދުގައި ގިނަ އަދެދެއްގެ މީހުން އޯވާޑޯޒް ވެގެން މަރުވުމުގެ މައްސަލަ ހައްލުކުރަން ހެރޮއިން ގެންގުޅުން ހުއްދަކޮށްފިއެވެ.
މިގޮތުން ކެނެޑާއިން ހުއްދަ ކުރަން ނިނމާފައިވަނީ 3 އަހަރު ދުވަހަށެވެ. 3 އަހަރު ވުމުން އަލުން އެ ގާނޫނު ދިރާސާ ކުރާ ގޮތަށް ވަނީ ނިންމާފައެވެ.
ކެނެޑާގެ ފެޑެރަލް ސަރުކާރުން ބިލްގައި ސޮއިކޮށްފައި ހުއްދަ ދިނީ މުޅި އެއްކޮށް މަސްތުވާތަކެތި ހުއްދަ ކުރާގޮތަކަށް ނޫނެވެ. ހުއްދަ ދެވެނީ 2.5 ގުރާމްއަށް ވުރެ މަދު އަދަދެއް ގެންގުޅެވޭ ގޮތަށެވެ.
މި ގާނޫން ތަންފީޒު ކުރަން ނިންމާފައިވަނީ ޖަނަވަރީ 31 ވަނަ ދުވަހުން ފަށައިގެނެވެ. އަދި މި ގާނޫނުގެ ދަށުން މަސްތުވާތަކެތި ގެންގުޅެވެނީ 18 އަހަރުން މަތީގެ މީހުންނަށެވެ. ހުއްދަ ދެވޭ މަސްތުވާތަކެތީގެ ބާވަތްތަކަކީ އޮޕީއޮއިޑްސް، ކޮކެއިން، މެތަމެމްފެޓަމިން އަދި އެމްޑީއެމް (އެކްސްޓަސީ) އަށެވެ.
ކެނެޑާ ސަރުކާރުން އުމްމީދަކީ މަސްތުވާތަކެތި ބޭނުންކުރާމީހުން މަސްތުވާތަކެތިން ސަލާމްވުމަށް ޕުރޮފެޝަނަލް އެހީ ހޯދަން ބޭނުންވާމީހުންނަށް ހައްޔަރު ވުމުގެ ބިރެއް ނެތި އިތުރު ހިއްވަރެއް ލިބުމަށެވެ.
މި ގާނޫނުގައި މަސްތުވާތަކެތި ގެންގުޅެވޭނީ ކެނެޑާގެ ބުރިޓިޝް ކޮލަމްބިއާގެ ސަރަހައްދުގައި އެކަނިއެވެ.
ކެނެޑާގެ އެޑިކްޝަން މިނިސްޓަރު ކެރޮލިން ބެނެޓް ވިދާލުވަނީ މި ގާނޫނަކީ ވަރަށް ހާއްސަ ތާރީހީ ބަދަލެއް ކަމަށެވެ. އަދި މީގެ އެންމެ މުހިންމު ކަމަކީ ފުރާނަ ސަލާމަތްކުރުމެވެ.
https://www2.gov.bc.ca/gov/content/overdose/decriminalization