ޚަބަރުސިޔާސީ

ރައީސް އިބޫ ތިނަދޫއައް ވަޑައިގަތުމުން މަރުހަބާ ކިޔަން ނުކުތް މީހުންނަށް ވުރެ މުޒާހަރާކުރި މީހުން ގިނަ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ގދ. ތިނަދޫއަށް ވަޑައިގަތުމުން އެރަށުން މަރުހަބާދޭން ތިބި މީހުންނަށް ވުރެ ރައީސް ސޯލިހާ ދެކޮޅަށް މުޒާހަރާ ކުރަންތިބި މީހުން ގިނަ ކަން އެނގިއްޖެއެވެ.

ރައީސް އިބޫ އަށް މަރުހަބާ ކިޔަން ދިޔައީ 50 ވަރަކަށް މީހުންނެވެ.

ރައީސް އިބޫ ތިނަދޫއަށް ވަޑައިގަތުމުން އިދިކޮޅު މައި ޕާޓީ ކަމުގައިވާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ސަޕޯޓަރުން ތިބީ ރައީސް އިބޫއާ ދެކޮޅަށް މުޒާހަރާ ކުރަން ތިނަދޫ ބަނދަރަށް އެއްވެއެވެ. މުޒާހަރާގެ ބައިވެރިން ދިޔަޔީ ރައީސް ޔާމީންގެ މައްޗަށް ސިޔާސީ ބޭނުމަކަށް ހަރާން ހުކުމެއް ރައީސް އިބޫ ކުރި ކަމަށް ގޮވަމުންނެވެ. އަދީ ރައީސް ޔާމީން މިނިވަންކުރުމަށްވެސް ގޮވަމުންނެވެ.

ރައީސް އިބޫ ރަށުތެރެއަށް އަރަން މަސައްކަތް ކުރުމުން މުޒާހަރާކުރަމުން ދިޔަމީހުން ދިޔައީ އެކަމަށް ހުރަސް އަޅުމުންނެވެ. އެކަމަކު މުޒާހަރާ ކުރާ މީހުން ދުރަށް ޖެއްސުމުގެ ގޮތުން ފުލުހުން ނެރި ބެރިކޭޑް ޖެހުމަށް ފަހު ރައީސް އިބޫ ތިނަދޫ ތެރެއަށް ކާރުގައި ވަޑައިގަތެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button