އިންޑިއާ ނޭވީގެ މަނަވަރެއް ރާއްޖެ ވައްދައިފި
”އައިއެންއެސް އިންވެސްޓިގޭޓާ“ ނަމުން ދެވިފައިވާ އިންޑިއާ މިލިޓަރީގެ ނޭވީ މަނަވަރެއް ދިވެހިރާއްޖޭގެ ސަރަހައްދަށް އައިސްފައިވާކަން އިންޑިއާ ހައި ކޮމިޝަނުން ޔަގީންކޮށްދީ އެ މަނަވަރު ރާއްޖެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރަމުންދާ މަންޒަރު އާންމު ކޮށްފިއެވެ.
INS Investigator🇮🇳 is in #Maldives to assist @Governmentmv🇲🇻 in 3️⃣rd Joint Hydrographic Survey. Survey will assist in developing ‘#BlueEconomy’- one of priority sectors in @Governmentmv ‘Strategic Action Plan, promoting key engines of Maldivian economy i.e. tourism & fisheries. pic.twitter.com/Fs0eee0YvM
— India in Maldives (@HCIMaldives) January 21, 2023
އިންޑިއާ ހައި ކޮމިޝަނުން ބުނެފައިވަނީ މި މަނަވަރު ރާއްޖެއަށް ގެނެސްފައިވަނީ 3 ވަނަ ފަހަރަށް ދިވެހި ސަރުކާރުން ހިންގަމުންދާ ހައިޑުރޯގރަފީ ސާވޭ ކުރުމަށް އެހީ ވުމަށް ކަމުގަައެވެ. އަދި އިންޑިއާއިން ދިވެހި ސަރުކާރުގެ ނޫ އިގްތިސާދުގެ ނަމުގައި ހަދާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕުލޭނަށް އެހީވުމަށެވެ.
މިހެން އިންޑިއާއިން ބުނިކަމުގައި ވިޔަސް އިދިކޮޅު އެންމެބޮޑު ސިޔާސީ ޕާޓީ ކަމުގައިވާ ޕީޕީއެމްއިން މީގެ ކުރިން ބުނެފައި ވަނީ އިންޑިއާ މަނަވަރު ތަކާއި އިންޑިއާ ސިފައިން ރާއްޖެ ސަރުކާރާ ހަދާފައިވާ ސިއްރު އެގްރީމެންޓު ދަށުން ރާއްޖެ އޮކިޕައި ކުރަން ގެނެވޭ އިންޑިއާ މިލިޓަރީ އެސެޓް ކަމަށެވެ.
އިންޑިއާ އާއި ދިވެހި ސަރުކާރާއި ގައުމީ ސަލާމަތަށް ނުރައްކާވާ ކަމުގެ ނަމުގައި ސިއްރު ކުރެވިފައިވާ ގިނަ އެއްބަސްވުން ހަދާފައިވާތީ އެެއްވެސް ޓުރާންސްޕޭރެންސީއެެއް ނެތް ކަމަށް ގިނަ ދިވެހި ރައްޔިތުން ގަބޫލުކުރެއެވެ. އަދި މިހެން އެގްރީމެންޓްތައް ސިއްރު ކުރެވި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މީގެ ކުރިން އިންޑިއާ ސިފައިން ނެތް ކަމަށް ބުނެ އިތުރުފުޅު ހެއްދެވުމަށްފަހު އާންމުންގެ ޕުރެޝާއާއި ހެދި އިންޑިއާ ސިފައިން ތިބި ކަމަށް ފަހުން ވަނީ އެއްބަސްވެފަވެއެވެ.