ޚަބަރު
ތިނަދޫ އިން އިތުރު ބަޔަކު ފައްސި ވެއްޖެ

ގދ. ތިނަދޫއިން އިތުރު ހަ މީހަކު މިއަދު ކޯވިޑް19 އަށް ފައްސި ވެއްޖެއެވެ.
ތިނަދޫގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުން މިއަދު ފައްސިވި ހަ މީހުންނަކީ ކުރިން ފައްސިވި ކުއްޖާއާއި ކޮންޓެކްޓްވި މީހުންނެވެ.
ތިނަދޫއިން މިވަގުތު މުޅި ޖުމްލަ 13 މީހުން ވަނީ ކޯވިޑަށް ފައްސިވެފައެވެ.