ޚަބަރު

ދޮން ދަރިއަކަށް ޖިންސީ ގޯނާ ކުރި މީހަކު ޖަލަށް ލާން ހުކުމް ކޮށްފި

ދެކުނުގެ ރަށެއްގައި ދޮން ދަރިއަކާ ބެހުނު ފިރިހެނަކު 32 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

52 އަހަރުގެ މި މީހާ ހައްޔަރު ކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. އޭނާގެ މައްޗަށް ދައުލަތުން ދައުވާ ކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގަ އެވެ. އޭނާ ވަނީ 2019 ވަނަ އަހަރުން ފެށިގެން އަންހެން ދޮންދަރިއަކަށް ޖިންސީ ގޯނާ ކޮށްފައެވެ.

އެ މައްސަލައިގައި ދައުލަތުން އެ މީހާގެ މައްޗަށް ކުރި ހަތަރު ދައުވާ ސާބިތުވެފައިވާ ކަމަށް މިއަދު ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ. ޝަމީމް ވިދާޅުވީ އޭނާގެ މައްޗަށް ކުރި ދައުވާތައް ސާބިތުވުމާއި ގުޅިގެން، އޭނާގެ މައްޗަށް 32 އަހަރާއި، އެއް މަހާއި 27 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައިވާ ކަމަށެވެ.

https://twitter.com/HuShameem/status/1410544040815194117?s=20

ޖިންސީ ކުށުގެ މައްސަލަތަކާއި، ކުޑަކުދިންނާ ގުޅޭ މިފަދަ މައްސަލަތަކުގެ ޝަރީއަތް ހިންގަނީ ސިއްރުންނެވެ. އަދި މިފަދަ މައްސަލަތަކުގައި އަނިޔާ ލިބޭ ކުދިންގެ މައުލޫމާތު އާންމު ކުރުމަކީ ކުށެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button