ޚަބަރު

ކޯވިޑް ޖެހި ރަނގަޅުވުމުން ދަތުރު ކުރެވޭނީ 45 ދުވަސް ވަންދެން!

ކޯވިޑް-19 ޖެހި ރަނގަޅުވާ މީހުންނަށް ރައްރަށަށް ދަތުކުރެވޭނީ 45 ދުވަސް ވަންދެން ކަމަށް މިއަދު ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ވިދާޅުވީ ކޯވިޑަށް ފައްސިވެ ރަނގަޅުވާ މީހުންނަށް 60 ދުވަހުގެ މުއްދަތަކަށް ކަރަންޓީނާ ނުލާ ރައްރަށަށް ދަތުރު ކުރެވޭނެކަމަށެވެ.

ނަމަވެސް މިއަދު އެޗްއީއޯސީއިން ބުނެފައިވަނީ 60 ދުވަސް ގުނަން ފަށާނީ އެމީހަކު ކޯވިޑަށް ފައްސިވާ ހިސާބުން ކަމަށެވެ. އެހެންކަމުން 15 ދުވަހަކީ އައިސޮލޭޝަންގައި ހުންނަ ދުވަސްތައް ކަމުން ދަތުރު ކުރުމަށް ލިބޭނީ 45 ދުވަހެވެ. ކޯވިޑަށް ފައްސިވެ ރަންގަޅުވާ މީހުން ދަތުރު ކުރަން ބޭނުންވާ ފަރާތްތަކުން ”ހާލުބެލުން ޕޯޓަލް“ ގައި ރަޖިސްޓްރީވާން ޖެހެނެއެވެ.

މާލޭގައި ކޯވިޑަށް ފައްސިވާ މީހުންގެ އަދަދުތައް ދަައްވުމާގުޅިގެން މިއަދުން ފެށިގެން ވަނީ ބޮޑެތި ލުއިތަކެއްދީފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button