ޚަބަރު

ޑެގާޓޫތް ޕައިކް ކޮންގަރ އެއް ކަމަށް ލަފާކުރެވޭ ވެނެއް ރާއްޖެއިން ބާނާފި

އަރިއަތޮޅު ދެކުނުބުރީ ކަނޑުން އާދަޔާ ހިލާފު ވެނެއް ދިވެހިރާއްޖޭގެ ސްޕޯޓްސް މަސްވެރިޔާ އަހްމަދު އަންވަރު ބާނާފިއެވެ.

އޭނާވަނީ ކަނޑުގެ 270 މީޓަރު އަޑިން ޑެގާޓޫތް ޕައިކް ކޮންޖަރެއް ކަމަށް ބެލެވޭ ވެނެއް ބާނާފައެވެ. ރާއްޖޭގައި ރެކޯޑް ކުރެވިފައިވާ މި ޖަނަވާރުގެ ދިގު މިނުގައި ގާތްގަނޑަކަށް ހަ ފޫޓު ހުރެއެވެ. ޑެގާޓޫތް ކޮންގާރސް އަށް 800 މީޓަރާއި ހަމައަށް އަޑީގައި ދިރިއުޅެވޭނެއެވެ.

އަންވަރު ދައުރު ނޫހުގައި ބުނެފައިވާ ގޮތުގައި “ އެ ވެން ދޯންޏަށް އެރުވުމާއި އެކު ޑެކުގައި ހުރި ހުރިހާ އެއްޗެއްގައި ދަތް އަޅަން މަސައްކަތް ކުރި, އަދި ހުރިހާ އެއްޗެއް ހަލާކުކޮށްލާ ހަމަލަދޭން މަސައްކަތްކުރި“ އެވެ. އަދި އެވަރުގެ އެގްރެސިވް މަހެއް އަދި ދުވަހުކުވެސް ނުފެންނަކަމަށް އޭނާ ބުނެފައިވެއެވެ.

އަންވަރު އާދަޔާ ހިލާފު މަހެއް ހިފާ ކޮންމެ ފަހަރަކު އެ މަސް އަނބުރާ މޫދަށް ދޫކޮށްލުމުގެ ކުރިން ފޮޓޯއެއް ނަގަ އެވެ. އެއަށްފަހު އޭނާ އަމިއްލައަށް ރިސާޗް ކުރަނީ އޭނާއަށް ފެނުނީ ކޮން ބާވަތެއްގެ ބާވަތެއްތޯ ބެލުމަށެވެ.

ޑެގަރޓޫތު ޕައިކް ކޮންޖަރސް މައިގަނޑު ގޮތެއްގައި ފެންނަނީ ރަތް ކަނޑުން، އުތުރު އިންޑިއާ ކަނޑުގެ އައްސޭރިފަށުން އަދި ހުޅަނގު ޕެސިފިކް ސަރަހައްދުން އިންސޯ-ޗައިނާއިން ފެށިގެން ޖަޕާނާ ހަމައަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button