ޚަބަރުސިޔާސީ

ޤައުމު ސަލާމަތްކުރަން ބޭނުންވާނަމަ ރައީސް ޔާމީންއާއި ޤައުމު ހަވާލުކުރަންޖެހޭ: ޑރ.މުޢިއްޒު

އިސްލާމް ދީނާއި ޤައުމުގެ މިނިވަންކަމާއި މެދު ވިސްނާ ޤައުމު ސަލާމަތްކުރަން ބޭނުންވާނަމަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގަ އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް ޤައުމު ހަވާލުކުރަންޖެހޭ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ.މުޢިއްޒު ވަނީ ރައީސް ޔާމީންގެ ސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ތަފާތުތައް ބަޔާންކޮށްދެއްވާފައެވެ. މުޢިއްޒު ވިދާޅުވީ ދެސަރުކާރުގެ ތަރައްޤީގެ ތަފާތު ރައްޔިތުންނަށް މިހާރު އިޙުސާސު ކުރެވޭނެކަމަށެވެ.

މިއާއިއެކު ޑރ.މުޢިއްޒު ވިދާޅުވީ މިވެރިކަމަކީ ދިވެހި ރައްޔިތުންނަށް ހެދުނު ގޯހެއް ކަމަށާއި މީގެ 4 އަހަރުކުރިން ދިވެހި ރައްޔިތުންނަށް މި ހެދުނު ގޯސް ކުރިއަށްއޮތްތަނުަގައި ރަނގަޅު ކުރުމުގެ މަސައްކަތް ކުރެއްވުމަށް އިލްތިމާސް ކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button