ޚަބަރު

ކޮންމެ ޕްލާސްޓިކް ކޮތަޅަކުން 2 ރުފިޔާ ނަގަން ފަށަނީ

ކުނި މެނޭޖް ކުރުމުގެ ބިލްގައި ފިހާރަތަކުން ވިޔަފާރި ކުރުމަށް ދޫކުރާ ކޮންމެ ޕްލާސްޓިކް ކޮތަޅަކުން 2 ރުފިޔާ ނަގަން ޖެހޭގޮތަށް ރައްޔިތުންގެ މަޖިލީހުން 28 ނޮވެމްބަރުގައި ފާސްކޮށްފިއެވެ.

މި ބިލް ހުށަހަޅާފައިވަނީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ރާޑޯ) އެވެ. މި ބިިލަށް 54 މެމްބަރުން ވޯޓް ދެއްވާފައިވެއެވެ. މި ބިލް ތަސްދީޤު ކުރާތާ 4 މަސް ހަމަވާ ދުވަހުން ފެށިގެން އެއް ފަހަރު ބޭނުންކޮށްފައި އެއްލާލެވޭ ޕްލާސްޓިކު ކޮތަޅަކުން ދެ ރުފިޔާގެ ފީއެއް ނަގައި ކަސްޓަމަރަށް ދޫކުރާ އިންވޮއިސްގައި އެ ފީގެ އަދަދު ހިމަނަންވާނެއެވެ.

މީގެ އިތުރުން, މި ޤާނޫނާއި ހިލާފުވާ މީހުން 5000 ރުފިޔާއާއި 50000 ރުފިޔާއާއި ދެމެދުން ޖޫރިމަނާ ކުރެވޭއެވެ. އަދި މި ޖޫރިމަނާ ދައްކަން ޖެހޭނީ ”މޯލްޑިވްސް ގްރީން ފަންޑް“ އަށެވެ.

މުދަލާއި ހިދުމަތްތަކުގެ އަގު މި އިސްލާހާއި އެކުގައި ބޮޑުވުމަކީ އެކަށީގެންވާކަމެކެވެ. މިގޮތުން, މި ސަރުކާރުންވަނީ ފެށޭއަހަރުގެ ޖީއެއްޓީ 6 އިންސައްތައިން 8 އިންސައްތައްއަށް ބޮޑު ކޮށްފައެވެ. މަރުކަޒީ ބޭނުންކުން ވިދާޅުވެފައިވަނީ މިކަމުގެ ސަބަބުން ތަކެތީގެ އަގު އުފުލޭނެކަމަށެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button