
މި ސަރުކާރުންވަނީ ފާއިތުވި އަހަރުތަކުގައި ދިމާވި، ބޮޑެތި އިޤްތިސާދީ ދަތިތަކުން އަރައިގަނެ ދުނިޔެއަށް މިސާލު ދައްކާފައިކަމަށް މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަމީރު ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވެފައިވަނީ، ކުރިމަތިވި ގޮންޖެހުން ތަކާއެކުވެސް، ހަމަހަމަކަމާއެކު މުޅި ރާއްޖެއަށް ބޭނުންވެފައިވާ އެތައް އުމްރާނީ، އިޖްތިމާއީ ތަރައްޤީގެ މަޝްރޫއުތަކެއް ކުރިއަށް ގެންގޮސްފައި ވާ ކަމަށެވެ. އިތުރަށް ވިދާޅުވެފައިވަނީ، ސަރުކާރުން ހުށަހަޅާފައި އޮތް ގޮތަށް، ޓެކްސް ރޭޓްސް މަޖިލިހުން ފާސްވެގެން ދިޔުމަކީ މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކޮށް، ރައްޔިތުންގެ އުންމީދުތައް ޙާސިލްކޮށްދިނުމަށް ސަރުކާރުން ކުރިޔަށްގެންދާ މަސައްކަތްތައް ބާރުމިނުގައި ކުރިޔަށް ގެންދިޔުމަށް ލިބުނު އިތުރު ބާރެއް ކަމަށެވެ.
މި ސަރުކާރު މިވަނީ ފާއިތުވި އަހަރުތަކުގައި ދިމާވި، ބޮޑެތި އިޤްތިސާދީ ދަތިތަކުން އަރައިގަނެ ދުނިޔެއަށް މިސާލު ދައްކާފައި. ކުރިމަތިވި ގޮންޖެހުންތަކާއެކުވެސް، ހަމަހަމަކަމާއެކު މުޅި ރާއްޖެއަށް ބޭނުންވެފައިވާ އެތައް އުމްރާނީ، އިޖްތިމާއީ ތަރައްޤީގެ މަޝްރޫއުތަކެއް ކުރިއަށް ގެންގޮސްފައި.
— Ibrahim Ameer (@iameeru) November 16, 2022
މި ޓްވީޓަށް ކޮމަންޓްކޮށްފައިވާ ބައެއް މީހުން ބުނެފައިވަނީ ރިސޯޓްތަކާއި ގެސްޓްހައުސް ތަކުން އަހަރު ކުރިއަށް ކޮންޓްރެކްޓް ހަދައިގެން ގެސްޓްއުން އަންނައިރު، މިހާރު ޕޭ ކޮއްފައިތިބި މީހުން އަތުން 4% އިތުރަށް ކުންފުނިތަކުން އެމީހުން އަތުން ނެގޭނެ ގޮތެނެ ނޯންނާނެކަމަށެވެ. އަދި އެ 4% ޕޭ ކުރަން ޖެހޭނީ ގެސްޓްހައުސް އޮޕަރޭޓަރުންނެވެ.
މިހާބޮޑެތި ވައްކަން ކުރި ބަޔަކު ދުނިޔޭގެ އެއްވެސް ގައުމަކުން އަދިފެނިފަ ވާހެން ހީނުވޭ އަމިއްލަ ގައުމު ބޭރުބަޔަކައް ވިއްކާހުސް ކޮއްފި ހުސް ވަގުން ބާގީން ނަވާރަ ދިވެހިން ގެ ލޭބޯލި ވަގުން
ރައްޔިތުމީހާގެ އެތިކޮޅުއަތުލާގެންދައްކާމިސާލެއްވިއޔާދެއްކިދާނެ ލަދުވެތިކަންއިސްކުރަށްއާދަކޮންބަލަ ވެރިކަށްހިންގަގޮތުން ރައްޔިތުން ތިބެނީ އެޓޭކުނެހުމުގެ ިރ ަުަުަުަުވެރިކަމެއްގަ ވަރަށްމިސާލުދެއްކިންޖެނުގަ
ކޮބާތަލިހިޔާލު ހިޔާލުފާޅުކުރަށް މީގަލިޔެފަ އޮންނާތީ މައްސަލަޔަކީ