ޚަބަރު

ދިވެހި ދައުލަތުގެ ބަޖެޓު ޑެފިސިޓް 8.4 ބިލިއަން ރުފިޔާއަށް އަރައިފި

ދިވެހި ދައުލަތުގެ ހަރަދު ބޮޑުވެ ބަޖެޓު ޑެފިސިޓް 8.4 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

ބަޖެޓު ޑެފިސިޓް މިހާ ބޮޑުވީ ދައުލަތަށް ލިބޭ އާމްދަނީއަށްވުރެ ކުރާ ހަރަދުތަށް ދުވަހެއް ދުވަހަކަށް ބޮޑުވެ ދެކޮޅު ނުޖެހުމުގެ ސަބަބުންނެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އެއްފަހަރު އާންމުކުރާ ތަފާސްހިސާބުތަކުން ދައްކާގޮތުން މި އަހަރު ފެށިގެން މިދިޔަ މަހުގެ 27 ގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 22،295.2 މިލިއަން ރުފިޔާ އެވެ. އެ މުއްދަތުގައި ދައުލަތުން 30،780.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އަދި ބަޖެޓު ދަރަނި ވަނީ 8،485 މިލިއަން ރުފިޔާ، ނުވަތަ 8.4 ބިލިއަން ރުފިޔާއަށް އުފުލިފަ އެވެ.
މިދިޔަ ސެޕްޓެމްބަރު 29 ގައި ބަޖެޓު ޑެފިސިޓް ހުރީ 6.8 ބިލިއަން ރުފިޔާގަ އެވެ. މި މަހު 27ގެ ނިޔަލަށް ބަޖެޓު ދަރަނި 8.4 ބިލިއަނަށް އުފުލިފައިވާއިރު، އެއީ މަހެއްހާ ދުވަސް ތެރޭގައި 1.6 ބިލިއަންގެ ޑެފިސިޓް އިތުރުވުމެކެވެ.
މިދިޔަ މަހުގެ 27 ގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީގެ %72 އަކީ ޓެކްސް ރެވެނިއުގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. އެއީ 16,043 މިލިއަން ރުފިޔާ އެވެ. އެ މުއްދަތުގައި ދައުލަތުގެ ހަރަދަށް ބަލާއިރު ބޮޑު ބަޔަކީ ސަރުކާރު ހިންގުމުގެ ހަރަދެވެ.
އެޑްމިނިސްޓްރޭޓިވް އަދި އޮޕަރޭޝަނަލް ހަރަދާއި މުސާރަ ފަދަ ރިކަރަންޓު ހަރަދުތަކަށް 22,539 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، ތަރައްގީގެ މަޝްރޫއުތަކަށް ހަރަދުކޮށްފައިވަނީ 8,241 މިލިއަން ރުފިޔާ އެވެ.
ސަރުކާރުން އިހުނަށް ވުރެން ކުރާހަރަދު މިވަނީ އަންދާޒާކުރި ބަޖެޓަށް ވުރެން މަތިވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button